މަސްތުވާތަކެތި

މާފަރުގައި މަސްތުވާތަކެތީ ވިޔަފާރިކުރާ ކުޑަކުއްޖަކާއި ހަ މީހަކު ހައްޔަރުކޮށްފި

Nov 6, 2015

ނ. މާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ހަ މީހަކާއި ކުޑަކުއްޖަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އެ ރަށުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ އަތޮޅުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިއަ ބުދަ ދުވަހު ހެނދުނު ކޯޓް އަމުރަކާއެކު މާފަރުގެ ދެ ގެއެއް ފާސްކޮށް އެއްގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓްތަކެއް ހޯދި އިރު ހައްޔަރު ކުރި ހަތް މީހުންގެ މީހުންގެ ތެރެއިން ދެ މީހުން އެވަގުތު އެގޭގައި ތިބި ކަމަށެވެ.

އަނެއް ފަސް މީހުން ހައްޔަރު ގޭގެ ތެރޭގައި މަސްތުވާތަކެތި ބަންދުކުރާ ސާމާނާއި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ސާމާނު ފެނުނެވެ. ހައްޔަރު ކުރި އެ އެންމެންގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ތަފާތު ބާވަތްތަކަށް ޕޮޒިޓިވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހުންގެ އަތުން މަސްތުވާތަކެތީގެ 162 ޕެކެޓް ފެނުނު އިރު އެ އެންމެންގެ ބަންދު މުއްދަތު ޖަހައި އިތުރަށް ގެންދަނީ މައްސަލަ ބަލަމުންނެވެ.