ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއިން ކޮވިޑް ޓްވީޓްތައް ނަގަން ޓްވީޓާއަށް އަންގައިފި

އިންޑިއާގައި ކޮވިޑްގެ ހާލަތު ބޮއްސުންލާފައި ވާއިރު ފިތުއަނަށް މަގުފަހިވާ ގޮތަށް ހުރި ޓްވީޓްތައް ނަގައި ދޭން އިންޑިއާއިން ރަސްމީކޮށް ޓްވީޓާގެ ކިބައިން އެދުނު ނަމަވެސް، އެ ޓްވީޓްތައް ނަގާފައި ނުވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ ތަރުޖަމާނަކު ރޮއިޓާސްއަށް ބުނީ ޓްވީޓާއިން އަދި ވެސް ޓްވީޓްތައް ނަގާފައި ނުވާ ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ޓްވީޓާއިން ވަނީ އިންޑިއާ ސަރުކާރުން ޓްވީޓްތައް ސެންސަރު ކުރަން އެދިފައިވާކަން ލޫމަން ޑާޓާބޭސްގައި ފާޅުކޮށްފަ އެވެ.

ޓްވީޓާއިން ބުނީ ސައްހަ ރިކްއެސްޓެއް ލިބިއްޖެ ނަމަ ބަލާނެ ކަމަށާއި އެ ގައުމެއްގެ ގާނޫނާއި އަދި ޓްވީޓާގެ އުސޫލުތަކަށް ވެސް ރިއާޔަތް ކުރާނެ ކަމަށެވެ. އިންޑިއާއިން އެދިފައި ވަނީ ވަކި ބައެއްގެ ޓްވީޓްތަކެއް ސެންސަރު ކުރުމަށެވެ.

"މިބުނީ އުސޫލުތަކަށް ނުފެތޭ ޓްވީޓެއް ނަމަ އެ ޓްވީޓެއް ނަގާނަން،" ޓްވީޓާގެ ތަރުޖަމާން ވިދާޅުވި އެވެ. "އެ ޓްވީޓަކީ ވަކި ގައުމެއްގެ ގާނޫނާ ޚިލާފް ޓްވީޓެެއް ނަމަ އެޓްވިޓެއް އެ ގައުމަކަށް ނުފެންނަ ގޮތް ހަދާނަން" އޭނާ ވިދާޅުވި އެވެ.

ޓެކްކްރަންޗުން މި ހަބަރު ރިޕޯޓްކޮށް ބުނެފައި ވަނީ މިފަދަ ހަބަރުތައް ނެގުމަށް އިންޑިއާއިން އެހެން ނެޓްވޯކްތަކަށް ވެސް އަންގާފައިވާ ކަމަށެވެ.