މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު ކުޑަކުދިން ތަކެއް ހައްޔަރުކޮށްފި

Nov 8, 2015

މަސްތުވާތަކައްޗާއެކު ކުޑަކުދިންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ހަތަރު ކުއްޖަކު ހައްޔަރުކޮށްފައި ވަނީ މާފުށިންނެވެ. އެއީ 13 އަހަރާއި 16 އަހަރާ ދެމެދުގެ ހަތަރު ކުދިންނެވެ. އެ ކުދިން ހައްޔަރުކޮށްފައި ވަނީ އެ ކުދިންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މިދިއަ ހުކުރު ދުވަހު އެވެ.

އެ ކުދިން ހައްޔަރުކޮށް ފާސް ކުރި އިރު މަސްތުވާތަކެތީގެ ޕެކެޓެއް ފެނުނު އިރު ކުޑަކަމުދާތަކެތި ސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި އެވެ.

ގިނަ އަދަދެއްގެ ގެސްޓް ހައުސް އޮޕަރޭޓް ކުރާ އަދި މައި ޖަލުވެސް ހުންނަ މާފުށީ ގޮނޑުދޮށުން އިއްޔެ ވެސް ވަނީ ބިރު ދަޅުތަކަކާ ވޮޑްކާ ފުޅިއެއް ފެނިފަ އެވެ.