ޝަލަބީ އިބްރާހިމް

ޝަލަބީގެ "ހިދާއީ ނޫރު 4" ނެރެފި

ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ހަތަރު ވަނަ މަދަހަ އަލްބަމް ނެރެފި އެވެ.

ރޯދަ އާއި ގުޅުވައިގެން ޝަލަބީ ނެރޭ "ހިދާއީ ނޫރު" ގެ ހަތަރު ވަނަ މަދަހަ އަލްބަމް ނެރެދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ޝަލަބީގެ ޓީމު ބޮޑުކޮށް ގިނަ ބަޔަކަށް ޝަލަބީގެ ފަރާތުން މަދަހަ ދަސްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މި ކަމަކީ ވަރަށް ރަނގަޅު ކަމެއް، ރަސޫލާއަށް ހަމަދާއި ސަނާ ހިމެނޭ މަދަހަ އާއި ހެޔޮ ނަސޭހަތް ހިމެނޭ ގޮތަށް މަދަހަ އިން މީހުންނަށް ފަސޭހަ އިން ފަހުމް ވޭ،" މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މި މަދަހަ އަލްބަމް ނެރެފައި ވަނީ އަރިސް ބޮޑުބެރު ގްރޫޕުގެ އެހީތެރިކަމާއެކުގަ އެވެ. ރިކޯޑްކޮށްފައި ވަނީ ނިހާން ސްޓޫޑިއޯއާ ގުޅިގެންނެވެ.