މަސީ

އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތާ ބެހޭ ބައްދަލުވުމެއް ބާއްވައިފި

Apr 29, 2021

ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތުގެ ސަލާމަތާ ބެހޭ ބައްދަލުވުމެއް، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބާއްވައިފި އެވެ.

ވޯލްޑް ހެލްތް އެންޑް ސޭފްޓީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި އިސް ބައެއް ބޭފުޅުންނާއި މި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ މަސައްކަތުގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ދީފައިވެ އެވެ. މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ދިވެހި އިންޝުއަރެންސުގެ ޗެއާމަން އަބްދުﷲ ވާހިދު ތައުފީގުގެ އިތުރުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ރައީސް މުހައްމަދު އަލީ ޖަނާހު ހިމެނެ އެވެ.

ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މަސައްކަތުގެ ރައްކާތެރިކަމަކީ މުހިންމު ކަމެއް ކަމަށާ، ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ކުންފުނިތަކުން މަސައްކަތުގެ ރައްކާތެރިކަމަށް ސަމާލުކަން ދޭ ކަމަށެވެ.

"ކޮވިޑް ތެރޭގައި ވެސް ހެލްތުގެ ޗެލެންޖަސް ހުރީމަ މީގެ 12 އަހަރު ކުރިން ނެރުނު ގައިޑްލައިން އިސްލާހުކޮށް މި ހާލަތުގައި އަމަލު ކުރަން ޖެހޭ ގޮތުގެ ބުކްލެޓްތަކެއް ނެރުނު. މިއީ ހަތް ބަހުން ނެރެ ޝެއާކޮށްފަ. މި ޕެންޑަމިކްގެ ތެރޭގައި ޒޫމް މެދުވެރިކޮށް ވެސް މިފަދަ ސެމިނާތައް ގެންދެވުނު،" އަލީ ވިދާޅުވި އެވެ.