އުރީދޫ

އުރީދޫން ޑޭޓާ ރޯލް އޯވާގެ ހިދުމަތް ލިބޭނެ

Apr 30, 2021
2

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ޑޭޓާ ރޯލް އޯވާ" ނުވަތަ އެއް މަހު ބޭނުންކޮށްފައި ހުންނަ ޑޭޓާ އަނެއް މަހަށް ގެންދިއުމުގެ ހިދުމަތް މިހާރު ލިބޭނެ ކަމަށް ބުނެފި އެވެ.

މި ހިދުމަތާއި އެކު 600 އާއި މަތީގެ ޕްލޭންސްތައް ގެންގުޅުއްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ އެލަވަންސް އިން މަސްނިމޭއިރު ބޭނުން ނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާއި އެކު އެއްވެގެންދާނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އުރީދޫ އިން މި ގެނައި ބަދަލާއި އެކު މިމަހުން ފެށިގެން ޕޯސްޓްޕެއިޑް އަދި އެ ކުންފުނިން އެންމެ ފަހުން ނެރުނު ޕޯސްޓްޕެއިޑް ޕްލޭން "ވަރަށް ތަފާތު ޕޯސްޓްޕެއިޑް"ގެ 600 އިން މަތީގެ ޕްލޭންތަކަށް މި ހިދުމަތް ލިބިގެންދާނެ އެވެ.

ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު 200ޖީބީ އާއި ހަމައަށް ޑޭޓާ އަނެއް މަހުގެ ޕެކޭޖް އެލަވަންސް އަށް އެއް ކުރެވޭނެ އެވެ. މިގޮތުން ސޯޝަލް މީޑިއާ އަށް ހާއްސަ ޑޭޓާ އާއި އެޑް އޯންސް ގެ ގޮތުގައި ނަންގަވާފައވާ ޑޭޓާ ފިޔަވައި މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވާގެ ހިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ވެގެންދާނެ އެވެ.

މި ހިދުމަތް ތައާރަފު ކުރުމާއެކު 800 ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވާ ނުވަތަ އަނެއް މަހަށް ގެންދެވޭނެ އަދަދަކީ 30ޖީބީ އެވެ. އަދި 1000 އާއި މަތީގެ ޕޯސްޓޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވާ ކުރެވޭނީ 200ޖީބީ އެވެ.

އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ އެ ކުންފުންޏަކީ އަބަދު ވެސް ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަމެއްދީގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.

"މި ލޯންޗް ކުރެވުނު ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތާއިއެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލާ ދެން އަންނަ މަހުގެ މަންތްލީ އެލަވަންސް އަށް އެއްވެގެން ދާނެ. ކަސްޓަމަރުންގެ މިފަދަ ބޭނުންތައް ފުއްދާދީ، އިންޓަނެޓްގެ ތަޖުރިބާ އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް އިން ހެޔޮ އަގެއްގައި އެންމެ ފުރިހަމަކަމާއި އެކު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ވަނީ އެއް ފަހަރު ރީޗާޖުޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް އާޗާ ޕްރިޕެއިޑްގެ ނަމުގައި ރާއްޖެއަށް މުޅިން އާ ޕްރިޕެއިޑް ޕްލޭން ތަކެއް ވެސް ތައާރަފްކޮށްފަ އެވެ. މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކްއާއި ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާވަރު ވެސް ބޮޑުތަން އިތުރުވެފައިވުމާއެކު އުރީދޫ އިން ވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް ފަސް އިތުރު ސްޕީޑާއެކު 68 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ ލިބޭ ގޮތަށް ސުޕަނެޓް ޕްލޭންތައް ވެސް އަޕްގްރޭޑްކޮށްފަ އެވެ.