ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯގެ ނަޒަރުގައި އެންމެ މޮޅުވާނެ ޒުވާން ކުޅުންތެރިން

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވަރަށް ފޮނި މީހެއް ކަމަށް ބައެއް މީހުން ބުނެ އެވެ. އެއްބަޔަކު އޭނާ ދެކެ ފޫހިވަނީ އަމިއްލަ އަށް މޮޅު ވާހަކަ ދައްކާތީ އެވެ. އަނެއް ބަޔަކު އޭނާ ރެއާލް މެޑްރިޑަށް ކުޅޭތީ އެވެ. ދެން ތިބި މީހުން އޭނާ ދެކެ ހިތްހަމަނުޖެހެނީ ދަނޑުމަތީގައި މާ އާޓް ބޮޑުކޮށް އުޅޭތީ އެވެ. ނަމަވެސް އަރައި އޮއްސުނު އެތަކެއް ތަރިން ފަދައިން ރޮނާލްޑޯ ވެސް މިހާރު ވަނީ ކެރިއަރުގެ ފަހު ދުވަސްކޮޅާ ކުރިމަތިލައިފަ އެވެ. އޭނާގެ އުމުރުން މިހާރު 30 އަހަރެވެ. މިހެންވެ އޭނާ ފަދަ އެހެން ތަރިއަކަށް ދުނިޔެ ދެކެމުންދާކަން ހުދު ރޮނާލްޑޯ ވެސް ގަބޫލު ކުރެ އެވެ.

މި ގޮތުން އޭނާ ވަނީ ކުރިމަގުގައި އެންމެ ބޮޑަށް ވިދާލާނެ ކަމަށް އޭނާ ފާހަގަކުރާ ފަސްކުޅުންތެރިއަކު ހޮވައިފަ އެވެ.

"ކަލޭމެންނަށް ފެންނާނެ ވަރަށް ހުނަރުވެރި ގިނަ ކުޅުންތެރިން. އަހަރެން އޭގެ ތެރެއިން ނަގާނީ ރެއާލް މެޑްރިޑްގެ އޮޑެގާޑް މިސާލަކަށް. އުމުރުން 16 އަހަރުގައި އޭނާއަކީ އަދި ޅަކުއްޖެއް. އެކަމަކު ކަލޭމެންނަށް ފެންނާނެ އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިސާލަކަށް ނަގަންޏާ ދެން ހަޒާޑް. މެންޗެސްޓާ ޔުނައިޓެޑް ނަންބަރު ހަތެއް ޑިޕާއީ އަކީ ރަނގަޅު ކުޅުންތެރިއެއް. ޕޮގްބާ ވެސް. ފަހަރުގައި ނޭމާ ވެސް،" ރޮނާލްޑޯ ބުންޏެވެ.

މި ފަސް ކުޅުންތެރިންގެ ތެރެއިން އެޑެގާޑް އަކީ ރެއާލް މެޑްރިޑަށް ކުރިމަގުގެ ރޮނާލްޑޯގެ ގޮތުގައި ގެންދިޔަ ކުޅުންތެރިއެކެވެ. ޗެލްސީގެ ފޯވަޑް އެޑެން ހަޒާޑަކީ ރެއާލް މެޑްރިޑުން ފާރަލަމުން އަންނަ ދުވެލިބާރު ކުޅުންތެރިއެކެވެ. ޔުނައިޓެޑުގެ ޑިޕާއ އަކީ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ޔުވެންޓަސްގެ ޕައުޕް ޕޮގްބާ އަކީ ޔޫރަޕުގެ ބޮޑެތި ކުލަބުން އެންމެ ބޮޑަށް މިހާރު ބޭނުންވާ މިޑްފީލްޑަރެވެ. ބާސެލނާގް ބްރެޒިލް ފޯވަޑް ނޭމާ އަކީ މިހާރު ވެސް ތަރިއެކެވެ.