އަބްދުﷲ ޝާހިދު

އދ. ގެ ސެކްރެޓަރީ ޖެނެރަލާ ޝާހިދު ބައްދަލު ކުރައްވައިފި

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒްއާ ފޮރިން މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވައިފި އެވެ.

އެންޓޯނިއޯ އާއި ޝާހިދު ބައްދަލު ކުރެއްވީ ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ބައްދަލު ވުމެއްގަ އެވެ. މި ބައްދަލު ވުމުގައި ކޮވިޑް-19 އާއި ގުޅިގެން އދ. އިން ރާއްޖެއަށް ފޯރު ކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

މީގެ އިތުރުން މިވަގުތު ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖެ އޮތް ހާލަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ވަނީ ހިއްސާ ކުރައްވާފަ އެވެ.

މި ވާޗުއަލް ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އާއި ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.