ރައްޔިތުންގެ މަޖިލިސް

ޒަމީރާއި އާދަމް ޝަރީފަށް ރުހުންދޭން ކޮމެޓީން ފާސްކޮށްފި

Nov 9, 2015

ޓޫރިޒަމް މިނިސްޓަރު މޫޒާ ޒަމީރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފި އެވެ.

ވަޒީރު ކަމަށް އައްޔަން ކުރެއްވުމަށްފަހު ރުހުން ހޯދަން ރައީސް އަބްދުﷲ ޔާމީން އެ ދެބޭފުޅުގެ ނަން މަޖިލީހަށް ފޮނުއްވުމުން އެ މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފައި ވަނީ މީގެ ފަސް ދުވަސް ކުރިންނެވެ.

އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ފާސް ކުރީ މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ދެ ނަން ދިރާސާ ކުރުމަށްފަހު އެވެ.