ކޮވިޑް ޖެހިގެން ދެވަނަ މީހަކު މިއަދު މަރުވެއްޖެ އެވެ.
ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ 75 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިއަދު ފަތިހި ހަތަރެއް ޖަހާ ކަންހާއިރު އެވެ.
ކޮވިޑްގައި ދެވަނަ އަށް ނިޔާވީ ބ. އޭދަފުށީގެ މީހެކެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަަޝީދު "އަވަސް" އަށް ވިދާޅުވީ މަރުވީ އުމުރުން 85 އަހަރުގެ އިދިރީސް ހަސަން ކަމަށެވެ.
" އޭނާ ދިރިއުޅުނު ގޭގެ މީހަކު ޕޮޒިޓިވް ވެގެން އޮތީ ގެ އޮތީވެސް މޮނީޓަރިންގައި. އެހެން އޮއްވައި މިއަދު ހެނދުނު މަރުވެގެން ހޮސްޕިޓަލަށް ގެނައިރު ޓެސްޓް ކުރިއިރު ކޮވިޑަށް ޕޮޒިޓިވް." ރަޝީދު ވިދާޅުވި އެވެ.
ކޮވިޑް މާބޮޑަށް ފެތުރެމުންދާތީ އޭދަފުށީގައި މިހާރު ވަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއުވެސް އިއުލާންކޮށްފަ އެވެ. އެ ރަށުން މިހާތަނަށް 193 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.
އޭދަފުށިން މަރުވި މީހާއާއެކު ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 86 އަކަަށް އަރައިފަ އެވެ.
ކޮވިޑް 19 އަށް އިއްޔެ އެކަނި ވެސް 1091 މީހަކު ޕޮޒިޓިވްފެފައިވެ އެވެ. މިހާރަކަށް ކޮވިޑަށް ޕޮޒިޓިވް ކުޑަ ކުދިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.
އެޗްޕީއޭ އިން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުންދާ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ.