ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ގަބުރު ލައްގާލެއް ގިނަކަމުން އަވަށަކަށް ބިރުވެރިކަން

އިންޑިއާ އަށް ބިންދާލާފައިވާ ކޮވިޑް-19 އިގެ ދެ ވަނަ ރާޅުގައި ބަލި ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު ގިނަ ކަމުން އެ ގައުމުގެ މީހުން އިންތިހާއަށް ކަންބޮޑުވެފައި ތިއްބާ އިތުރަށް ކަންބޮޑުވާ ކަހަލަ ކަމެއް ދިމާވެއްޖެ އެވެ. ބިހާރުގެ ބުކްސާ ކިޔާ ރަށެއްގެ މަހާދޭވް ގާޓް ކިޔާ ކޯރަކަށް މަރުވެފައިވާ މީހުންގެ ގަބުރުތަކެއް ލައްގަން ފެށުމުންނެވެ. މި މަންޒަރު ދުށް މީހުންނަށް މިކަމުން ބޮޑު ޝޮކެއް ލިބިފައިވާއިރު މިއީ ކޮވިޑް ބަލީގައި ކޮންމެވެސް ރަށަކުން މަރުވި މީހުން ކަން އެނގުމުން މި މީހުންނަށް ވަނީ އިތުރު ބިރުވެރި ކަމެއް ކުރިމަތިވެފަ އެވެ. އެ ގަބުރުތަކުން އެހިސާބުގަނޑުގައި ކޮވިޑް އިތުރަށް ފެތުރިދާނެތީ އެވެ.

އިއްޔެ ހެނދުނުން ފެށިގެން ސޯޝަލް މީޑިއާގައި މި ގަބުރުތައް ލައްގަމުންދާ މަންޒަރުތަކުގެ ފޮޓޯތައް ދައުރުވަމުންދާއިރު ކޯރުގައި އޮޔާދާ ގަބުރުތައް ގިނަ ކަމުން ވެސް ވެސް ގިނަ ބަޔަކު ތިބީ ބިރުން ހަލާކުވެފަ އެވެ. ގިނަ ބަޔަކު ބުނަނީ ކޮވިޑް-19 ގައި މަރުވާ މީހުންގެ ހަށިގަނޑާ މެދު ބައެއް އަވަށްތަކުގެ މީހުން އަމަލުކުރާ ލާއިންސާނީ ގޮތް މިކަމުން ރަނގަޅަށް ހާމަވާ ކަމަށެވެ.

އުއްތަރު ޕްރަދޭޝް އާއި ބިހާރުގެ ސަރުކާރުން މިކަމުގައ އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރަމުންދާއިރު ގަބުރު ލެއްގުން އެއްގޮތަކަށް ވެސް މަދުވަމުން ނުދާ ކަމަށް އަވަށުގެ މީހުން ބުނެ އެވެ.

ބިހާރުން ބުނަނީ ގަބުރުތަކަކީ އުއްތަރު ޕްރަދޭޝްގެ މީހުން ތަކެއްގެ މަރުވެފައިވާ މަސްގަނޑުތައް ކަމަށެވެ. މަހާދޭވް ގާޓް އެ ސަރަހައްދަކަށް ޑިސްޓްރިކްޓަކަށް ނިސްބަތްވާ ޗައުސާ ޑިސްޓްރިކްޓްގެ އޮފިޝަލް އަޝޯކް ކުމާރު ބުނި ގޮތުގައި މިހާތަނަށް 40-45 ގަބުރު ލައްގާފައިވާ ކަމަށެވެ. އެ ގަބުރުތަކަކީ ބަޔަކު ގަސްތުގައި ކޯރަށް އެއްލާލާފައިވާ ގަބުރުތަކެއް ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ. އޮފިޝަލް މިހެން ބުންޏަސް އެ ހިސާބުގެ އެހެން ބައެއް މީހުން ބުނަނީ ލައްގާފައިވާ ގަބުރުގެ އަދަދު 100 އަށް އަރާނެ ކަމަށެވެ.

"ގަބުރުތަކަށް ފެންވަދެ ވަރަށް ބޮޑަށް ފުފިފައި ވަނީ. ބެލެވޭ ގޮތުގައި ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއް ފެނުގައި ގަބުރުތައް އޮންނަތާ ވެދާނެ. މައްސަލަ ތަހުގީގުކުރީމަ އެނގޭނީ ކަން ވީގޮތެއް،" އޮފިޝަލް ބުންޏެވެ.

އަވަށުގެ މީހުން ބުނަނީ އަވަށުގެ އިސް މީހުން ބުނާ އަދަދާ އެ އަވަށަށް ލައްގާ ގަބުރުގެ އަދަދު ދިމާނުވާ ކަމަށެވެ. މި ގަބުރުތަކުން އެ އަވަށުގައި ކޮވިޑް ފެތުރޭލެއް އިތުރުވެގެން ހިނގައިދާނެކަމުގެ ބިރު ވެސް އަވަށުގެ މީހުންނަށް އެބައޮތެވެ. އެހެންވެ ވީހާވެސް އަވަހަށް ގަބުރުތައް އަންދާލަދޭން އެ މީހުން ދަނީ ކަމާ ބެހޭ އިދާރާތަކުގައި އިލްތިމާސް ކުރަމުންނެވެ.

ގަބުރުތައް އަވަހަށް އަންދާލަދޭން އަވަށު މީހުން އެދެމުންދަނިކޮށް ބޮޑު ވަޅުގަނޑެއް ކޮނެފައި ހުރިހާ ގަބުރުތައް ވަޅުގަނޑަށް އަޅައި ފަސްލަނިކޮށް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި އިއްޔެގެ ވަރަށް ލަސް ވަގުތެއްގައި ވަނީ ދައުރުވެފަ އެވެ. މި ގަބުރުތައް ވަޅުލަން އުޅުނު މީހުން ޕީޕީއީ ކިޓް ނުލާ ތިބުމުން ވަރަށް ގިނަ ބަޔަކު ވަނީ މިކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިހާތަނަށް 40 ވަރަކަށް ގަބުރު މިގޮތަށް ވަޅުލާފައިވާއިރު އަދިވެސް އެތައް ބައިވަރު ގަބުރެއް ހާޔަށް ބަހައްޓާފައި އެބަހުރި ކަމަށް ވެސް އަވަށުގެ މީހުން މައުލޫމާތު ދީފައި ވެއެވެ.