ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އުރީދޫ

އުރީދޫ ހިދުމަތްތައް އޮންލައިންކޮށް ހޯދަން އެދިއްޖެ

ކޮވިޑް-19 އިގެ ބަލި އިތުރުވަމުން ދާތީ އުރީދޫ ހިދުމަތްތައް އޮންލައިން ހޯދަން އިލްތިމާސް ކޮށްފި އެވެ.

އުރީދޫގެ ހިދުމަތްތައް އުރީދޫ އެޕް އާއި ޑިޖިޓަލް ސެންޓަރު ތަކުން 24 ގަޑިއިރު ލިބެ އެވެ. އުރީދޫ އެޕް މެދުވެރިކޮށް ޕްރިޕެއިޑް ނަމްބަރު ތަކަށް ރީޗާޖްކޮށް އުރީދޫ ބިލާއި ޔުޓިލިޓީ ބިލްތައް ވެސް ދެއްކޭނެ އެވެ.

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ހިލޭ ގެންގޮސްދޭނެ ކަމަށެވެ. މީގެ އިތުރުން ކަސްޓަމާ ސާވިސް ހިދުމަތާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި އެމް ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އުރިދޫގެ ޑިޖިޓަލް ސެންޓަރު ތަކުން ބިލްތައް ދެއްކުމާއި ރީޗާޖް ކުރުމާއި އެމް ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުން ފަދަ ހިދުމަތްތައް ވެސް ލިބޭނެ އެވެ. މި ސެންޓަރު ތަކުން ހިދުމަތް ލިބޭނީ ފަހަރަކު މީހަކަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫ އިން ޑިޖިޓަލް ސެންޓަރުތައް ގާއިމުކޮށްފައި ވެއެވެ.