މުއިއްޒުއަކީ ތައުލީމީ ގޮތުންވެސް ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ހާއްސަކޮށް ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން މުޅި ރާއްޖެއިން އެންމެ ފާހަގަކޮށްލެވުނު ދަރިވަރުންގެ ތެރޭގައި މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. 1995 ވަނަ އަހަރު ނުވަ މާއްދާއިން ޑިސްޓިންގްޝަން ހޯއްދަވާ އެ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މުއިއްޒު އެވެ. މަތީ ތައުލީމް ހާސިލުކުރެއްވުމަށް ފެއްޓެވި ދަތުރުގައި ޔުނިވާސިޓީ އޮފް ލަންޑަން (ޔޫކޭ) އިން ސްޓްރަކްޗަނަލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ އާއި ޔުނިވާސިޓީ އޮފް ލަންޑަން (ޔޫކޭ) އިން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރެއްވިއެވެ. އަދި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޔުނިވާސިޓީ އޮފް ލީޑްސް