Trash Pickup Bar

The waste picked up from the ocean during the journey will be weighed in every stopover

0 Kg

500 Kg

477 Kg

ސިންބެ
ހާޝިމް މުހައްމަދު ނޫނީ ސިންބެއަކީ "ރާޅުގުޑީ"ގެ މުހިންމު އެއް ތަނބެވެ. ކައިޓް ސާފުރުކުރުމަކީ ސިންބެ ވަރަށް ކުރީސުރެވެސް ކުރަން ބޭނުންވެފައި ހުރި ކަމެކެވެ. އެކަން ކުރާ ހިތްވާލެއް ބޮޑުކަމުން ބާ ކައިޓެއް ހޯދައިގެން ޔޫޓިއުބްއިން ބަލައިގެން އޭނާ އެ ކުޅިވަރުގެ އުކުޅުތައް ދަސްކުރީ އަމިއްލައަށެވެ. ސިންބެ ވެސް ބޮޑު ބައިވެރިވުމަކާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ރާޅުގުޑީ އިވެންޓެއް ބޭއްވުނެވެ. މާފުށީގައި ބޭއްވި އެ އިވެންޓަށްފަހު ވިލިމާލެއިން މާފުއްޓަށް ކައިޓް ސާފުކުރުމުގައި ސިންބެ އުޅުނެވެ. ސިންބެއަކީ ރާއްޖޭގައި ކައިޓް ސާފުކުރުން ކުރިއަރުވައި ދިރުވުމަށް އަމިއްލަ ޖީބުން ވެސް ހަރަދުކުރާ އެކަމަށް ހިތްޖެހިފައިވާ މީހެކެވެ. ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުުރުމުގެ ތާރީހީ ދަތުރުގެ މައި އެޓްލީޓެއްގެ ގޮތުގައި ހުރުމަކީ ސިންބެ ވަރަށް އުފާވާ ކަމެކެވެ. އޭނާ އުއްމީދު ކުރަނީ މި އިވެންޓް ކާމިޔާބުވެ، ދުނިޔޭގެ ރެކޯޑަކާ ހަމައަށް ވާސިލްވެވުމެވެ.
ހަންބެ
އަހުމަދު ހަމްދާން، އެންމެން ދަންނަ ނަމުންނަމަ ހަންބެގެ ފުރަތަމަ ވަޒީފާ ވެސް އަދާކުރީ ޕެރެޑައިޒް އައިލެންޑް ރިސޯޓްގެ ވޯޓާ ސްޕޯޓްސްގަ އެވެ. އެތަނުގައި މީހުން ކައިޓް ސާފުކުރާ ތަން ފެނުމުން އެކަމަށް އޭނާ ޝައުގު ދަމައިގަތެވެ. އެކަމަކު އޭރު އެކަން ކުޅިވަރެއް އޭނާއަކަށް ނޭނގެ އެވެ. ރާޅުތަކުގެ ތެރޭގައި ގަދައަށް ކައިޓް ސާފުކޮށްލެވޭ ވަރު ހަންބެއަށްވީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ. އޭގެ ފަހުން "ރާޅުގުޑި"އިން ބޭއްވި އިވެންޓްތަކުގައި ކައިޓް ސާފިންގެ ހުނަރުތައް އޭނާ ދައްކާލި އެވެ. ވިލިމާލެއިން މާލެއަށް ދަތުރުކުރި ކައިޓް ސާފަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރާ ހަތަރު ސާފަރުންގެ ތެރޭގައި ހަންބެ ހިމެނިފައިވާއިރު މިއީ އަދިވެސް ހަންބެ ހައިރާންވާ ކަމެކެވެ. އޭނާ ބުނާ ގޮތުން މިއީ އޭނާއަށް ލިބުނު ބޮޑު އުފަލެކެވެ. ހުވަފެނެއް ހަގީގަތަކަށްވުމެވެ.
ޑެލިއޯ
އަބްދުﷲ ތަސްލީމަކީ ރައްޓެހިންގެ ނަމުންނަމަ ޑެލިއޯ އެވެ. މޫދު ކުޅިވަރުގެ އެކި ކަންކަމުގައި އުޅޭތާ 14 ވަރަކަށް އަހަރުވެފައިވާ އުމުރުން 29 އަހަރު ޑެލިއޯއަށް ކައިޓް ސާފިން ދަސްވީ ސިންބެ ކައިރިންނެވެ. މާފުށީގައި ބޭއްވި ފުރަތަމަ ރާޅުގުޑި އިވެންޓްގައި އޭނާ ހުރީ ސިންބެއަށް އެހީވުމުގަ އެވެ. އޭރު އޭނާއަށް ކައިޓް އަރުވާލާކަށް ނޭނގެ އެވެ. އެކަމަކު، ދެން އަންނަ އިވެންޓެއްގައި ކައިޓް ދުއްވާލާނެ ކަމުގެ އުއްމީދު އޭނާގެ އޮތެވެ. އެކަން ހާސިލް ވެސް ކުރި އެވެ. ވިލިމާލެއިން މާފުއްޓަށް އޭނާ ކައިޓް ސާފުކުރި އެވެ. އެއަށްފަހު ހުޅުމާލެ އާއި ކުޅުދުއްފުށީގައި ބޭއްވި އިވެންޓްތަކުގައި ވެސް ޑެލިއޯ ބައިވެރިވި އެވެ. ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ކައިޓްގައި ކުރާ ތާރީހީ ދަތުރުގެ އެޓްލީޓަކަށްވުމަކީ ޑެލިއޯއަށް ވަރަށް ބޮޑު ޗެލެންޖެކެވެ. ވަރަށް އުފަލުން ހުރި ޑެލިއޯގެ އުއްމީދަކީ މި ދަތުރު ކާމިޔާބުވުމެވެ.
ޔޫރީ ޒޫން
ވަރަށް ޒުވާން އުމުރުގައި ކައިޓް ސާފިންގެ އާދަޔާ ހިލާފު ހުނަރުތައް ދައްކާލި ޔޫރީ ޒޫންއަކީ ދާއިރާގެ އެންމެ މަގުބޫލް އެއް ބްރޭންޑެވެ. އޭނާ ވަނީ 2011 އާއި 2012 ވަނަ އަހަރު ކައިޓް ސާފިންގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މީގެކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔޫރީ ރާއްޖެ އައިސް ރާޅުގުޑި އިވެންޓްތަކުގައި އެކި ރަށްރަށުގައި ބައިވެރިވި އެވެ. ނެދަލެންޑްއަށް އުފަން ޔޫރީއަށް ރާއްޖެއަކީ ވަރަށް މަގުބޫލް މަންޒިލެކެވެ. ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ދަތުރުކޮށް، ރާއްޖޭގައި ކައިޓް ސާފިން އިތުރަށް މަޝްހޫރުކުރުމަށް ފުރުސަތު ލިބުމުން ޔޫރީ ވެސް ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ވެސް އުއްމީދަކީ މި ދަތުރުގެ ސަބަބުން ކައިޓް ސާފިންގައި އާ ދޮރުތަކާއި ފުރުސަތުތައް ދިވެހި ޒުވާނުންނަށް ހުޅުވިގެން ދިޔުމެވެ.
SPONSORS