2015 އަކީ ރާއްޖޭގެ ގައުމީ ހަޔާތުގެ ބޮޑު އަހަރެކެވެ. މިނިވަން ކަމަށް 50 އަހަރު ފުރުމުންނެވެ. 2015 ވީ ރާއްޖޭގެ ތާރީހު ފޮތަށް އެތައް ހާދިސާއެއް ވެއްދި އަހަރަކަށެވެ. އަވަސް ކަޅިއަކުން 2015 ބަލައިލާށެވެ.

POWERED BY

އިބްތިހާލް: މުޅި ގައުމު ރޮއްވާލައި ހޭލައްވާލި

28 ޖެނުއަރީ: ވ. ރަކީދޫ، ތިން އަހަރުގެ މުހައްމަދު އިބްތިހާލު، އޭނާގެ މަންމަގެ އަނިޔާތަކާއެކު މަރާލި ހަބަރާއެކު މުޅި ރާއްޖެ ސިއްސުވާލައި ދިވެހި ރައްޔިތުން ރޮއްވާލައި އެންމެންގެ ހިތް ކުދިކުދިކޮށްލި އެވެ. ގޭގެ ތަޅުންގަނޑު މަތީގައި މަރާލާފައި އޮތްއިރު ހެދުމެއް ނެތެވެ. ހަށިގަނޑުގައި ފެންނަން ހުރީ އެކި ފަހަރުމަތިން އަމާޒުވެފައި ހުރި ރަހުމްކުޑަ ހަމަލާތަކުގެ އަސަރެވެ. މޫނާއި ކަންފަތާއި ކުރިމަތި ފަރާތުގައި ވެސް އަނިޔާގެ ނިޝާންތަކެވެ. ބާރުގަދަ އެތިފަހަރުތަކުން ނޫފައިގެންފައިވާ ތަންތަނާއި ދުޅަވެފައި ހުރި ގުނަވަންތަކެވެ. ރަކީދޫގައި ދިރިއުޅެމުން އަންނަ ފަސްދޮޅަހަކަށް މީހުންނާއި އެ ރަށަށް ނިސްބަތްވާ 300 ވަރަކަށް މީހުނާއި މުޅި ދިވެހި އާބާދީ، ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ތެދުވި އެވެ. ރިޕޯޓް

Child Abuse Cases

2015

208

2014

207

ސިނާއީ ސުލްހައިގެ ލީޑަރު: ދިވެހިންގެ ކަންކަން ދިވެހިންނަށް ނިންމެންޖެހޭނެ

އިގްތިސޯދާއި ވިޔަފާރީގެ އަޖައިބު ރާއްޖެއަށް ގެނައުމަށް ރައީސް ޔާމީން މުޅި އަހަރު މަސައްކަތް ކުރެއްވީ އިދިކޮޅު ފަރާތްތަކާއި ބޭރުގެ ފިއްތުންތަކާއެކު އެވެ. ރާއްޖޭގެ ދާހިލީ ކަންކަމަށް އަތް ބާނަން ބޭރުގެ ގައުމުތަކުން ކުރާ މަސައްކަތްތަކަށް ޖާވާބުދާރީވެ ހާރިޖީ ސިޔާސަތުގެ ނަމޫނާއެއް ދައްކަވަމުންނެވެ. އެމަނިކު މުޅި އަހަރު ދުވަހު ތަކުރާރުކޮށް ވިދާޅުވަމުން ވަޑައިގެންނެވީ "ދިވެހިން ކަންކަން ނިންމުމުގެ ހައްގު ދިވެހިންނަށް އޮންނަންޖެހޭނެ" ކަމަށެވެ. ރިޕޯޓް

އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގެ ކަންކަން ނިންމުމުގެ ގާބިލުކަން ދިވެހިންގެ އެބަހުރިހެއްޔޭ؟ ރާއްޖޭގެ ކަންކަން ނިންމުމުގެ ހައްގު ދިވެހިންނަށް އޮންނަން ޖެހޭހެއްޔޭ؟ އަޅުގަނޑާއެކީ ތިޔަބޭފުޅުން ވިދާޅުވެދެއްވާ! އާނއެކޭ، އާނއެކޭ!

ރައީސް ނަޝީދު 13 އަހަރަށް ޖަލަށް

13 މާޗް: ދިގުލައިގެން ދިޔަ ޝަރީއަތަކަށްފަހު ދަައުވާ ބަދަލުކޮށް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގި އަވަސް ޝަރީއަތެއްގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލި އެވެ. މި ހުކުމަށް ފަހު ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާތައް ކުރި އިރު އެ މައްސަލައާ ގުޅިގެން މިހާތަނަށް އެތައް ކަމެއް ހިނގައި މިހާރު ވަނީ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. ރިޕޯޓް

އަޅުގަނޑު މިއަދު އެދެނީ ހިތްވަރު ގަދަ ކުރަން. ހައްޔަރުވެ ބޮޑު ހުކުމެއްގެ އަޖަލުގައި ޖެހިދާނެ ކަމުގެ ބިރު ނުގަތުމަށް. ފުރާނަ އަތްމައްޗަށް ލައިގެން ނުކުތުމަށް

މަޖިލީހުގެ ތަފާތު އަހަރެއް

  • 157
    ISSUES
  • 149
    ISSUES FINISHED
  • 08
    ISSUES PENDING
  • 42
    BILLS
  • 73
    SEATING

މަޖިލީހުން 42 ބިލެއް ފާސްކުރި، ގާނޫނުލް އުގޫބާތާއި ޓެރަރިޒަމްގެ ބިލް ހިމެއެވެ. މަޖިލީހުން ތިން ގަރާރެއް ފާސްކުރި، ދެ ގަރާރަކީ ނައިބު ރައީސުން ވަކި ކުރުމުގެ ގަރާރެވެ. އެހެނިހެން 14 މައްސަލަ ނިންމި، އޭގެ ތެރޭގައި ޕީޖީ ވަކި ކުރުމާއި ދެ ނައިބު ރައީސުންގެ އިތުބާރު ނެތް ކަމުގެ ވޯޓް ހިމެނެއެވެ. މި އަހަރު މަޖިލީހުގެ މަސައްކަތަށް ލިބެނީ 97 ޕަސެންޓް ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ރިޕޯޓް

ޑިފެންސް މިނިސްޓަރަށް މަގާމު ގެއްލި ޖަލަށް

27 މާޗް: ރައީސް ވަހީދުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެއިން ފިސްތޯލައެއް ފެނި އޭނާ މައްޗަށް ހިންގި ޝަރީއަތުގައި ނާޒިމް 11 އަަހަރަށް ޖަލަށް ލި އެވެ. ދައުލަތުން އުފުލީ ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ އެވެ. ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ބަލައި ފާސްކުރިއިރު ނާޒިމްގެ އެޕާޓްމަންޓުގެ ކަބަޑެއްގެ ތެރެއިން ފިސްތޯލަ އަކާއި ތިން ވަޒަނާއި މަގަޒިންއެއްގެ އިތުރުން ޕެންޑްރައިވް އޮތްކަން ހެކިންގެ ހެކިބަހާއި ގަރީނާ އިން ސާބިތުވެ، އެތަކެއްޗަކީ ނާޒިމާއި ގުޅުންހުރި ތަކެތި ނޫން ކަން ސާބިތު ކޮށްނުދެވިގެނެވެ.

ރައީސް ޔާމީން ދެ ނައިބުންގެ އެރުމާއި ވެއްޓުން

ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ މައްޗަށް އިތުބާރު ގެއްލި އެމަނިފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް 21 ޖުލައި ގައި ނަގައި މަގާމުން ދުރު ކުރި އެވެ. އަދި އޭގެ ފަހުން ޖުލައި 22 ގައި ރައީސް ޔާމީންގެ ކެބިނެޓްގެ ބާރުގަދަ ވަޒީރު އަހުމަދު އަދީބު ނައިބު ރައީސް ކަމަށް ވަޑައިގަތެވެ. ނަމަވެސް ސެޕްޓެމްބަރު 28 ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް "ފިނިފެންމާ" ގައި ބޮންގޮވި ހަމަލަ އާއި އޭގެ ފަހުން ފަޅައި އެރި އެތައް ކަމެއްގެ ތުހުމަތަކާ ގުޅިގެން އޭނާ ހައްޔަރުކޮށް ނޮވެމްބަރު 5 ގައި ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ނައިބު ރައީސް ކަމުން އަހުމަދު އަދީބު ވަކި ކުރި އެވެ. އޭރު ގައުމުގު އޮތީ ސްޓޭޓް އޮފް އިމާޖެންސީގަ އެވެ. ރިޕޯޓް

ރައީސް ޔާމީން އަވަހާރަކޮށްލަން ތިން ހަމަލައެއް

ރައީސް ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ބޮން ގޮއްވާލީ 28 ސެޕްޓެމްބަރުގައި ހައްޖުގެ އަޅުކަމަށް ފަހު މާލެ ވަޑައިގެންނެވި ވަގުތު އެވެ. އެ ހަމަލަވީ ރާއްޖެ ސިއްސުވާލި އަދި ސިޔާސީ މަޝްރަހު އެއްކޮށް ބަދަލުވެގެންދިޔަ ކަމަކަށެވެ. ބޮން ގޮއްވާލުމުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ސީރިއަސް އަނިޔާތަކެއްވި އެވެ. މި ހާދިސާގެ ތަހުގީގުގެ ތެރެއިން އެތައް ކަމެއް ފެންމަތިވެ ތުހުމަތުގައި ނައިބު ރައީސް އަހުމަދު އަދީބާއި ގިނަ ބަޔަކު ހައްޔަރު ކުރި އެވެ. އަދި ރާއްޖޭގެ އެތައް މިތަނުން ގިނަ އަދަދަކަށް ބޮމާއި ހަތިޔާރު ފެނުމާއި ރައީސް ޔާމީން އަވަހާރަކޮށްލަން އިތުރު ހަމަލާތަކެއް ރޭވި ފަޅާއެރުމާއެކު ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރި އެވެ. ރިޕޯޓް

މިނިވަން

މިނިވަން ރަން ޔޫބީލް: ފަހުރާއި ޝަރަފުގެ އަހަރެއް ފަގީރު އަދި ބާރެއް ނެތް ކުޑަކުޑަ ގައުމުގެ ވަރުގަދަ ވިސްނުމާއި ހިކުމަތުން މިނިވަންކަން ހޯދި އެވެ .ދިވެހި ގައުމަށް ފާގަތިކަމާއި އުފާވެރިކަމެވެ. ރައީސް އިބްރާހިމް ނާސިރު ކޮށްދެއްވި ގައުމީ ޚިދުމަތަށް އައްސަރިބަހާޢި ސާބަހެވެ. އެމަނިކުފާނުގެ އިސްނެންގެވުމާއި ގޮތްދޫކުރެއްވުމެއް ނެތި ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީޖާ އިން ޖުލައި 26، 1965 ގައި އިނގިރޭސިންގެ އަތުން ރާއްޖެ އަށް މިނިވަންކަން ލިބުނުތާ މިއަހަރު 50 އަހަރު ފުރި ރަންޔޫބީލް ފާހަގަ ކުރި އެވެ.

ދުނިޔެ: ޓެރަރިސްޓް ހަމަލާތަކުގެ ތެރޭގައި

2015 އަކީ ރާއްޖެއަށް ބޮޑު އަހަރެކެވެ. ބޮޑެތި ހާދިސާތަކެއް ހިނގި އެވެ. ނަމަވެސް ބޭރު ދުނިޔޭގެ ހާލަތަށް ބަލާއިރު 2015 އެހާ ބޮޑު އަހަރެއް ނޫނެވެ. ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކުން އިސްލާމީ ގައުމުތަކަށް ހަމަލާދީ ބާރުގަދަ ކުރަން މަސައްކަތް ކުރި އެވެ. ޓެރަރިސްޓް ހަމަލާތައް ދިނެވެ. ކުށެއް ނެތް އެތައް ބަޔަކު މެރި އެވެ. ބޭރު ދުނިޔޭގައި ހިނގި އެންމެ ފާހަގަކޮށްލެވޭ ހާދިސާތަކުގެ ތެރޭގައި ގުދުރަތީ ކާރިސާތައްވެސް ހިމެނެއެވެ. އެގޮތުންވެސް ބިން ހެލުމުގެ ހާދިސާތައް ގިނަ ކަން ފާހަގަކުރެވެ އެވެ. ޕެރިހަށް ދިން ޓެރަރިޒަމްގެ ހަމަލާ އަދި މައްކާގެ ހަރަމްފުޅު ތެރެއަށް ކެރޭނު ވެއްޓުނު ހާދިސާ އަކީ އަދިވެސް ގިނަ ބައެއްގެ ހިތުން ފޮހެވިގެން ނުދާ ހާދިސާތަކެކެވެ. ރިޕޯޓް

ބޮޑެތި މުޒާހަރާތަކުގެ އަހަރެއް

އަހަރު ފެށީ ސިޔާސީ ހަލަބޮލިކަމާއެކު އެވެ. މުޅި ރާއްޖެ މުޒާހަރާތަކެއްގެ ތެރެއަށް ވަދެ ބޮޑެތި މުޒާހަރާތައް ބޭއްވި އެވެ. މުޅި އަހަރުގެ ތެރޭގައި ބޮޑު ހަތް މުޒާހަރާއެއް އިދިކޮޅު ފަރާތްތަކުން ކުރި އެވެ. އެމްޑީޕީ، ޖޭޕީ އަދި އަދާލަތު އެކުވެ. މުޒާހަރާތައް ފެށީ ޖެނުއަރީ މަހުއެވެ. ދިގު ދެމިގެން ދިޔަ މުޒާހަރާތަކަކަށް ފަހު ދެން އައީ ފެބުރުއަރީ 27 ގެ ބޮޑު މުޒާހަރާ އެކެވެ. އެ މުޒާހަރާގައި 10،000 އެއްހާ މީހުން ބައިވެރިވި އެވެ. މާޗް މަހު ނަޝީދު ޖަލަށްލުމާއެކު މުޒާހަރާތަކެއް ފެށި އެވެ. ދެން އައީ މޭ ޑޭ މުޒާހަރާއެވެ. ގާތްގަނޑަކަށް 25،000 މީހުން ނުކުމެ މަގުތައް ފުރާލައި ސަރުކާރަށް ޑިމާންޑް ކުރިއެވެ. އަހަރު ނިންމާލީ 2000 އެއްހާ މީހުނާއެކު މިންޖުވާން މުޒާހަރާއިންއިނެވެ. ރިޕޯޓް

20000 People

ބޮޑެތި ކުށްތައް 24 ޕަސެންޓް ދަށަށް

މި އަހަރުގެ ތެރޭގައި އަމަން އަމާން ކަމުގެ ހާލަތަށް ބަދަލެއް ގެނެވި ކުށްކުރުމުގެ ރޭޓް 16 ޕަސެންޓަށް ދަށްކުރެވުނެވެ. ހިސާބުތަކާ ހަވާލާދީ ހޯމް މިނިސްްޓްރީން ބުނީ ރާއްޖޭގައި ބޮޑެތި ކުށްތައް ކުރުމާއި ވަޅި ހެރިމާއި ތުނޫ ހަތިޔާރު ބޭނުން ކޮށްގެން ކުރާ ކުށްތައް 24 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށާއި މީހުން މެރުމުގެ ކުށްތައް ވެސް 50 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށެވެ. އަދި ބުނީ ރައީސް ޔާމީން ސަރުކާރާ ހަވާލު އިރަށްވުރެ ބޮޑުތަނުން ރާއްޖޭގައި އަމަންކާންކަން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

އަހަރުގެ ޝަހްސިއްޔަތުން

ސިޔާސީ މަޝްރަހުގައި ވިލާ ބޯ އަހަރެއް

ކޯލިޝަން ރޫޅި ސިޔާސީ މަސްރަހަށް ބޯ ވިލާގަނޑެއް ކުރިމަތިވެ، ޖޭޕީ އާއި އެމްޑީޕީގެ ގުޅިގެން މުޒާހަރާތަކާއެކު ސިޔާސީ މަސައްކަތްތައް ފެށި އެވެ. އަދި ސިޔާސީ މަސްރަށް އައި ބޮޑެތި ބަަލުތަކުގެ ތެރޭގައި ބައެއް ވަޒީރުންނަށް ވަޒީފާ ގެއްލި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ހައްޔަރުކޮށް އޭނާގެ މައްޗަށް ހުކުމް އިއްވި އެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމް އިއްވުމުގެ އިތުތުރުން މެންބަރު ނާޒިމަށް ގޮނޑި ގެއްލި ޖަލަށް ދާން ޖެހުނެވެ. ސިޔާސީ އެހެން ބައެއް އިސް ފަރާތްތަކުގެ މައްޗަށް ކުރެވުނު ތުމަތަކާއެކު އެފަދަ ބައެއް ބޭފުޅުން ވެސް ހައްޔަރުވި އެވެ. އަދި ނައިބު ރައީސް ޖަމީލު މަގާމުން ދުރުކޮށްފައިވާއިރު ސިޔާސީ މަސްވަރާތައް ނާކާމިޔާބުވެ ބޮޑެތި މުޒާހަރާތަކާއެކު ދިއުމަށްފަހު ސިޔާސީ މަސްރަހުގެ ތެރެއިން އައި ބޮޑުވެގެންވާ ޝޮކެއްގެ ގޮތުގައި ރައީސް ޔާމީން އަވަރަކޮށްލުމަށް ދިން ހަމަލާ އާއި ރާއްޖޭގެ އެކި ތަންތަނުން ހަތިޔާރު ފެނުމާއި ސްޓޭޓް އޮފް އިމާޖެންސީ ހިންގުން ފާހަަގަ ކުރެވެ އެވެ. ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކިކޮށް ހައްޔަރު ކުރި އިރު ޕީޖީ މުހުތާޒަށް ވެސް މަގާމު ގެއްލުނެވެ. އަދި ރައީސް ޔާމީންގެ 2018 އިގެ ކެމްޕޭނަށް ތައްޔާރުވާން ފެށި އެވެ. ރިޕޯޓް

ބިޔަ މަޝްރޫއުތައް

ހިސާބުތަކުން އިގްތިސާދު

ކުޅިވަރުގައި ސާއިދާއި ދަގަނޑޭގެ ނަން

ކުޅިވަރުގެ މައިދާނުގައި އެންމެ ފާހަގަކުރެވުނު ކާމިޔާބެއް ހޯދީ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ. ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެނޑް ގޭމްސް 100 މީޓަރު ދުވުމުގައި ވާދަކޮށް އޭނާ ވަނީ ރަންމެޑަލް ހާސިލް ކުރި އެވެ. މިއީ ރާއްޖޭގެ އެތްލީޓަކު ވާދަވެރި ކުޅިވަރެއްގައި ވާދަކޮށް، ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ. ދެން އެންމެ ފާހަގަކުރެވުނު ނަމަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ސާފް ސުޒުކީ ކަޕަށް ފަހު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމެވެ. ރިޕޯޓް

ރަންދިހަ ފަހެއް

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅުވައިގެން ނެރޭ ދިވެހި ފައިސާގެ އާ ނޫޓު ސީރީސް "ރަންދިހަ ފަހެއް" ތައާރަފުކުރި އެވެ. އާ ނޫޓް ސީރީޒްއަކީ ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތް ފައިސާއަކަށް ދިވެހި ރުފިޔާ ހެދުމަށް ޒަމަނާއެއް ގޮތަށް ފަރުމާކޮށް ޒަމަނީ ސިފަތައް ހިމަނާފައިވާ ނޫޓް ސީރީޒެކެވެ. ރަންދިހަ ފަހެއްގެ ނަން ނިސްބަތްވަނީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމަށެވެ. މި ނޫޓް ސީރީޒުން ދައްކައިދެނީ ދިވެހިންނާއި ދިވެހި ރާއްޖެ އާއި ދިވެހިންގެ އާދަ ކާދަ އެވެ. ކުރެހުންތަކުން ދިވެހި ރާއްޖެ އާއި ދިވެހިންނާއި ދިވެހި ވަންތަކަން ދެނެގަނެވެ އެވެ. ކޮންމެ ނޫޓަކަށް ކަނޑައަޅާފައި ވަނީ ވަކި ވަކި މައުލޫތަކެކެވެ. އަދި ކޮންމެ ނޫޓަކަށް ވަކި ކުލައެކެވެ. މިސީރީޒް އެއްކޮށް އަތުރާލުުމުން ވެސް ސިފަވަނީ ދިވެހިންނާއި ރާއްޖެ އެވެ.

ގައުމަށް ގެއްލުނު 3 ޝަހްސިއްޔަތު

AVAS WISHES A HAPPY NEW YEAR

Back to Avas.mv