ރާއްޖެ ކޮމަންވެލްތުން ވަކިވެ ދުނިޔެ ސިއްސުވާލި!

ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށްވަދެ ރާއްޖެއާ މެދު ބޭއިންސާފުން ކަންކަން ކުރާކަމުގެ ވާހަކަ ފެންމަތިވެފައިވާ އަހަރުތަކެއް ވެއްޖެ އެވެ. ރާއްޖެއަށް އެކި ގޮތްގޮތުން ފިޔަވަޅު އެޅުމަށް ކޮމަންވެލްތުން މަސައްކަތް ކުރަމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީން ވަނީ ކުއްލި އަދި ހައިރާން ކުރުވަނިވި ނިންމެވުމަކާއެކު ކޮމަންވެލްތުން ރާއްޖެ ވަކިވެފައެވެ. – ރިޕޯޓް

ސަރުކާރަށާއި ރައީސް ޔާމީނަށް ދިން ސިޔާސީ ހަމަލާތައް

ދެހާސް ފަނަރަވަނަ އަހަރު ނިމިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅު ގޮއްވާލި ހާދިސާއާއެކު ހިނގާދިޔަ ކަންތައްތަކާއެކު އެވެ. ލޯންޗުކޮޅު ގޮއްވާލުމުގެ އިތުރުން ލަންކާއިން ސްނައިޕަރެއް ގެނެސް ވެސް އެމަނިކުފާނު އަވަހާރަކޮށްލުމަށް މަސައްކަތްކޮށްފައިވެ އެވެ. ހަމައެހެންމެ މިދިޔަ އަހަރަކީ ވެސް ރައީސް ޔާމީނަށް އެފަދަ ހަމަލާތަކެއް އަމާޒުވި އަހަރެކެވެ. – ރިޕޯޓް

މަރުގެ ހުކުމްތަކާއި ބޮޑެތި ޝަރީއަތްތައް ގިނަ

ނިމިގެން މިދިޔަ އަހަރަކީ ރާއްޖޭގެ ކޯޓްތަކަށް ވަރަށް ބިޒީ އަހަރެކެވެ. އެހެން އަހަރުތަކަށްވުރެ ގިނަ މައްސަލަތައް ހުށަހެޅި ކޮންމެ ކޯޓަކުން ވެސް ވަނީ ކުރިއަށްވުރެ ގިނައިން މައްސަލަތައް ނިންމާފަ އެވެ. ދިގުދެމިގެން ގޮސްފައިވާ ގިނަ މައްސަލަތަކެއް ވެސް މި އަހަރުގެ ތެރޭގައި ވަނީ ނިންމާފަ އެވެ. – ރިޕޯޓް

މުޒާހަރާއެއް ނެތް، މަގުމައްޗާއި މާހައުލުން މުޅީން ބަދަލުވެފައި

މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމުގައި ފަހަކަށް އައިސް ދިވެހިންނަކީ ކުރީގައި އުޅޭ ބައެކެވެ. ކުރީގެ ރައީސް މައުމޫންގެ ދައުރުގައި 2003 ވަނަ އަހަރު މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި ހާދިސާއަށްފަހު، މައުމޫން ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ގިނަ އަދަދެއްގެ މީހުން ނިކުމެ ހިޔާލު ފާޅުކޮށް މުޒާހަރާ ކުރަން ފެށި އެވެ. އޭރުން ފެށިގެން މުޒާހަރާތައް އުފަންވީ އެވެ. ނަމަވެސް ނިމިގެން ދިޔަ އަހަރަކީ މުޒާހަރާއެއްނެތް އަދި ރާއްޖޭގެ ވެށި މުޅިން ބަދަލުވެފައިވާ އަހަރަކަށްވި އެވެ. – ރިޕޯޓް

މަޖިލީހުގެ ތެރެއިން ބޮޑެތި ނިންމުންތައް

ގައުމެއްގެ ސިޔާސީ ބޯޓުގެ މައިގަނޑު ހުންގާނަކީ ރައްޔިތުންގެ މަޖިލީހެވެ. ސިޔާސީ މައިދާނުގެ އޮއިވަރު ބަދަލުވާ ވަރަކަށް މަޖިލީހުގެ ރާގަށް ވެސް އެކި ބަދަލު އާދެއެވެ. އެގޮތުން މި އަހަރު ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތްތަކަަށް ބަލާއިރު ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ގާނޫންތަކަށް ބަދަލުގެނެސް ނިންމުންތަކެއް ނިންމާފައިވާ ކަން ފާހަގަވެ އެވެ. ތާރީހުގައި ބޮޑު އަކުރުން ލިޔެވޭ ފަދަ މުހިންމު ބިލްތައް ފާސްކުރަން މުގުރި ޖެހި އަހަރެކެވެ. – ރިޕޯޓް

ކުއްލި އަދި ބޮޑެތި މަރުތައް 2016 ގައި ގިނަ!

ދެހާސް ފަނަރަ ވަނަ އަހަރެކޭ އެއްގޮތަށް 2016 ވެސް ފާހަގަކުރެވެނީ މަރުގެ މައްސަލަތައް ގިނަ އަހަރެއްގެ ގޮތުގަ އެވެ. މުޅި ގައުމު ސިހުނު މަރުގެ މައްސަލައަކުން 2015 އަށް އަލްވަދާއު ކިއުމަށްފަހު އާ އަހަރަށް ކުރިމަތިލީ މަރުގެ މައްސަލަތައް މަދުވާނެ ކަމުގެ އުންމީދުގަ އެވެ. ނަމަވެސް އަހަރު ފެށި ހަފްތާއެއް ނުވެ އައީ މަރެއްގެ ހަބަރެވެ. – ރިޕޯޓް

ކްރައިމް ބީޓް

އަލިފާނާއި ކަނޑުމަތީގެ ބޮޑެތި ހާދިސާތަކާ ކުރިމަތިލާންޖެހުނު

2016 ފާހަގަކޮށްލެވެނީ ކަނޑުމަތީގެ ހާދިސާތައް އާދަޔާ ހިލާފަށް ހިނގި އަހަރެއްގެ ގޮތުގަ އެވެ. ހާއްސަކޮށް މިއީ "އޮޑި ފަރަށް" އެރި އަހަރެކޭ ބުނުމަކުން ކުށަކަށް ނުވާނެ އެވެ. އެއާއެކު އަލިފާނުގެ ބޮޑެތި އަދި ހައިރާން ކުރުވަނިވި ނުރައްކާތެރި ހާދިސާތަކާ ކުރިމަތިލާން ޖެހުނެވެ. – ރިޕޯޓް

އިގްތިސޯދާއި ވިޔަފާރީގައި 2016

އިގްތިސޯދާއި ވިޔަފާރި އާއި ތަރައްގީގައި ރާއްޖޭގެ ކުރިޔަށް ފިޔަވަޅު އެޅި އެވެ. މުޅި އަަހަރަކީ ވެސް އަތައް ބިލިޔަން ރުފިޔާއެއްގެ މަޝްރޫއުތައް ހިނގަމުން ދިޔަ، އަދި ބޮޑެތި ޕްރޮޖެކްޓްތައް އިއުލާންވެ މަސައްކަތުގައި ބިޒީވި އަހަރެކެވެ.

ގިނަ ރިސޯޓުތައް ހުޅުވި، މިފްކޯ އެސްޓީއޯގެ ދަށަށް

2016 އަކީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި އެންމެ ގިނަ ރިސޯޓުތައް ހުޅުވި އެއް އަހަރަށް ވާނެ އެވެ. ގިނަ ރިސޯޓުތަކެއް ބާޒާރަށް ނެރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި އަށް ވާސިލް ވުމަށްޓަކައި ހާއްސަ އިނާޔަތް ތަކެއް ދިނެވެ. މީގެ ނަތީޖާއަކަށްވީ މިއަހަރު ގާތްގަނޑަކަށް 22 ރިސޯޓެއް ހުޅުވިގެން ދިއުމެވެ. – ރިޕޯޓް

ޖީއެމްއާރަށް ފައިސާ ދެއްކުން: އަހަރުގެ ބޮޑު އަދަދު

އައިއެންއައިއޭ އިންޑިޔާގެ ޖީއެމްއާރުގެ އަތުން އަތުލުމާއެކު އެ ކުންފުނިން އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލަށް ވެދި އެވެ. އެ ކުންފުނިން އެދިފައިވަނީ 800 މިލިއަން ޑޮލަރު ބަދަލަށް ހޯދުމަށެވެ. ހަތަރު އަހަރު އާބިޓްރޭޝަންގައި މައްސަލަ "ތެޅުވުމަށްފަހު" ނިންމިައިލީ، 2016 ގައެވެ. ނިމިފައިވަނީ ޖީއެމްއާރަށް ދިވެހި ސަރުކާރުން 271 މިލިއަން ޑޮލަރު (ގާތްނޑަކަށް 4.1 ބިލިއަން ރުފިޔާ) ދެއްކުމަށެވެ. – ރިޕޯޓް

2016 އިގެ ބޮޑެތި މަޝްރޫއުތައް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާއި ޗައިނާ މޯލްޑިވްސް- ފްރެންޑްޝިޕް ބްރިޖާއި އައިހެވަން އާއި ސިނާއީ އަވަށާއި ރަސްފަންނު ތަރައްގީ ކުރުމާއި އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތާއި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫ އާއި ހުޅުމާލެ އާއި ހުޅުލެ ގުޅުވައިލާ ހައިވޭގެ މަޝްރޫއު ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެ އެވެ. – ރިޕޯޓް

ދުނިޔެ ސިއްސުވާލީ ޓްރަމްޕް، ލޭއޮހޮރުވާލީ ސީރިއާގައި

ދުނިޔޭގެ މަސްރަހަށް ބަލައިލާއިރު 2016 އަކީ ވަރަށް ތަފާތު ނުވަތަ އާދަޔާހިލާފު އެތައް އެތައް ކަމެއް ތާރީޚުގެ ތެރެއަށް ވަދެ ފައިލުކުރެވިގެން ދިޔަ އަހަރެކެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ ސިޔާސީ މައިދާނުގެ ބޮޑެތި ގައުމުތައް ކަމުގައިވާ އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ރަޝިއާ އާއި ޗައިނާގެ އިތުރުން މެދުއިރުމަތީގެ ބޮޑެތި ގައުމުތަކުގެ މެދުގައި ވެސް ގިނަ ކުރިމަތިލުންތަކެއް ފެނިގެންދިޔަ އެވެ. – ރިޕޯޓް

2016: ސިއްހަތާއި ތައުލީމު ބާރަށް ކުރިޔަށް

އަހަރީ ނަތީޖާ ކާޑުން ރާއްޖެއަށް "އެން" ދޭންޖެހޭ ދެ ދާއިރާ އޮވެ އެވެ. އެއީ ސިއްހަތާއި ތައުލީމުގެ ދާއިރާއެވެ. ދިވެހިން ބޭނުންވާ ވަރަށް ދާއިރާގެ ހިންގުން ރަނގަޅު ނުވެގެން މި ދެ ދާއިރާއަށް އަހަރު ނިންމާއިރު އަބަދުވެސް ދޭން ޖެހެނީ "ރަނގަޅު ކުރަން ބޭނުން" ނުވަތަ "އެން" އެކެވެ. ނަމަވެސް ނިމުނު އަހަރަކީ މި ދެ ދާއިރާގެ ނަތީޖާ ރިޕޯޓު ބަދަލުކޮށްލި އަހަރެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. – ރިޕޯޓް

2016 ނިއުސް މޭކާސް

ރައީސް އަބްދުﷲ ޔާމީން

މުހައްމަދު ނަޝީދު

ފާތުމަތު އިބްރާހިމް

މައުމޫން އަބްދުލް ގައްޔޫމް

ޝަލަބީ އިބްރާހިމް

ދިވެހި ސިނަމާ 2016: އެންމެ ބޮޑީ ނަހުލާގެ ޑްރާމާ

ދިވެހި ސިނަމާގެ އެންމެ އަގުބޮޑު "ރައުސްމާލަކީ" ތިބި ފަންނާނުންނެވެ. ދެބަސް ވެވެން ނެތް ހަގީގަތަކީ ދެކުނު އޭޝިއާ އަދި ދުނިޔޭގައި ވެސް ނަގާކިޔަން އޮތް އިންޑިއާގެ އެންމެ މަޝްހޫރު އެއް ފިލްމު އިންޑަސްޓްރީ ކަމުގައިވާ ބޮލީވުޑާ ވާދަކޮށްލެވޭ ވަރުގެ ދިވެހި އެކްޓަރުންތަކެއް މިއަދު މި ކުޑަކުޑަ އޮލިމްޕަހުގެ ރިހި އިސްކިރީނަށް އައިސްފައިވާކަމެވެ. – ރިޕޯޓް

އަހަރުގެ އެންމެ ލޯބި ފިލްމުތައް

މިއަހަރު ބްލީވުޑުން ނުކުތް ލޯބީގެ ގިނަ ފިލްމު ތަކުގެ ތެރެއިން ގިނައީ ފުލޮޕްތަކެވެ. ނަމަވެސް ބައެއް ފިލްމްތަކުން ވަނީ ރަނގަޅު އާމްދަނީ އެއް ހޯދާފަ އެވެ. މި އަހަރު ނުކުތް ބޮލީވުޑްގެ ލޯބީގެ ފިލްމް ތަކުން ރަނގަޅަށް ހިނގާފައި ހުރީ ގިނައިން ހަގީގީ ހާދިސާތަކުގެ މައްޗަށް އުފައްދާފައި ހުރި ފިލްމުތައްކަން ފާހަގަ ކޮށްލެވެ އެވެ. – ރިޕޯޓް

ނިންމާލީ ބޮލީވުޑަށް ބައޮޕިކާއި ހަގީގީ ހާދިސާތަކުގެ އަހަރެއް!

ފިލްމެއް ކާމިޔާބުވާން ބޭނުންވާ އެންމެ ފައްކާ ފޯމިއުލާ ކަމަށް މީގެ ކުރިން ބެލެވިފައި އޮތީ ނަން މަޝްހޫރު ތަރިން އެ ފިލްމެއްގައި ކޮންމެހެން ވެސް ހިމެނެން ޖެހުމެވެ. – ރިޕޯޓް

އެންމެ އަޑުގަދަ ޝޯ އަކީ މޯލްޑިވިއަން އައިޑޮލް

ފުރުސަތުތަކެއް ލިބިފައި ނެތް ނުވަތަ ފުރުސަތުތަކެއް ހޯދައި ނުދޭ ކަމަށް ބުނެ ޝަކުވާކުރި ދިވެހި މިއުޒީޝަނުންނަށާއި ލަވަކިޔުންތެރިންނަށް 2015 ވެގެން ދިޔައީ ޔަގީނަށް ވެސް ބޮޑު އަހަރަކަށެވެ. ފްރެންޗައިޒްޑް ބައިނަލްއަގުވާމީ ޓީވީ ޝޯ، "މޯލްޑިވިއަން އައިޑޮލް" އަކީ އެތައް ގޮތަކުން ދިވެހި މިއުޒީޝަނުންނަށާއި ލަވަކިޔުންތެރިންނަށް އަދި މި ނޫން ވެސް އެހެން އާޓިސްޓުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިން ކާމިޔާބެކެވެ. – ރިޕޯޓް

2016 ގައި ނަން ހިނގި ބޮޑެތި ވަރިތައް

ލޯބީގެ ކަނޑަށް ބެހިގެންގޮސް ޖަޒުބާތު މުޅި ސޯޝަލް މީޑިއަށް އޮއްސާލައިގެން ލޯބީގެ މާތައް ފޮޅުވަމުން ދިޔަ ނަމަވެސް ހުރިހާ ލޯތްބަކީ ދާއިމަށް ދެމި އޮންނަ ލޯތްބަށް ނުވެދާނެ އެވެ. މާމުއި ހަނދުގެ ދުވަސްތައް ނުނިމެނީސް ކެހިދީފައި ފިލާވެސް ފާނެ އެވެ. އެއްކޮށް އެތަށް އަހަރެއް ވޭތުކޮށްފައި ވެސް ވަކިވެދާނެ އެވެ. – ރިޕޯޓް

ރާއްޖޭގެ ކުޅިވަރަށް ގޮންޖެހުން ބޮޑު އަހަރެއް

ނިމިގެން ދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގައި އެންމެ ގޮންޖެހުން ބޮޑުވި އަހަރަށް ވެގެންދާނެ އެވެ. އެންމެ ބޮޑަށް ގޮންޖެހުމަކަށްވީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިމތިވި އިންތިހާބީ މައްސަލަތަ ކެވެ. އިންތިހާބީ މައްސަލައެއްގައި، ލޮޅުމެއް ނާރާ ކުރިއަށް ދިޔަ ދެ އެސޯސިއޭޝަނަކީ ޓީޓީ އެސޯސިއޭޝަނާއި އެތުލެޓިކްސް އެސޯސިއޭޝަން އެކަންޏެވެ. – ރިޕޯޓް

ދިވެހި ފުޓްބޯޅަ އެތައް ތަނަކުން ފަހަތަށް

ފުޓްބޯޅަ އަކީ ދިވެހިން އެ ކުޅިވަރަކަށް މަރުދޭ ކުޅިވަރެވެ. ކުޅިވަރުގައި ދިވެހިންނަށް ކާމިޔަބެއް ލިބުނު ކަމުގެ ހަގީގީ އުފާ ދިވެހިންނަށް ކުރެވެނީ ފުޓްބޯޅައިން ކާމިޔާބެއް ލިބުމުން ނެވެ. ފަހަތަށް ސޮސްސާ ލައިގެން ދޭނަމަ އެއީ މުޅި ކުޅިވަރަށް ލިބޭ ދެރެއެކެވެ. – ރިޕޯޓް

ދަގަނޑޭ އެނބުރި ރާއްޖެއަށް

ދެހާސް ސާދަ ވަނަ އަހަރު ފެށިގެން މެލޭޝިއާގެ ޕީޑިއާރްއެމް އަށް ކުޅެމުން ދިޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް މެލޭޝިއާގެ ސީޒަންގެ މެދުތެރެއިން ލިބުނު އަނިޔާ އެއްގައި އެކުލަބުން އޭނާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލި އެވެ. – ރިޕޯޓް

ޓީޓީގެ އާ ތަރިއެއް އުފަންވި

ރާއްޖޭގެ ވަކި ވަކި ކުޅުންތެރިންގެ ތެރެއިން ނިމިދިޔަ އަހަރު އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހޯދި ހަތަރު އެތުލީޓުންގެ ތެރޭގައި އުމުރުން 13 އަހަރުގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމު ހިމެއެވެ. – ރިޕޯޓް

17 އަހަރަށް ފަހު އިމްރާން ގައުމީ ޓީމާ ދުރަށް

މިއީ މުޅި އަހަރުވެސް ކުޅިވަރުގައި އެ ޚަބަރަކަށް އެންމެ ބޮޑު ސަމާލު ކަމެއް ލިބުނު ޚަބަރެވެ. ސަތާރަ އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނު ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އެވެ. އިމްރާން ގައުމީ ޓީމުން ރިޓަޔާ ކުރި ޚަބަރާއެކު އެތަށް ލޮލެއް ފެން ކަޅި ކޮށްލިއެވެ. – ރިޕޯޓް

އެންމެން ހައިރާންކޮށް ޕޯޗްގަލް ޔޫރޯ ގެންދިޔަ

ޔޫރަޕްގެ ޗެމްޕިއަންކަން ޕޯޗްގަލް ހޯދުމަކީ މިދިޔަ އަހަރު ފުޓްބޯޅައިގައި ގިނަ ބަޔަކު އެންމެ ހައިރާން ކޮށްލި ކާމިޔާބެވެ. އެއީ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު އަންދާޒާ ކުރި ދެ ޓީމު ތެރޭގައި ޕޯޗުގަލް ނުހިމެނެއެވެ. – ރިޕޯޓް

18 އަހަރު ފަހުން ފީފާއަށް އާ ރައީސެއް

ނިމިދިޔަ އަހަރަކީ ދުނިޔޭގެ ފުޓްބޯޅައިގެ ހިންގުމަށް ވޭތުވެދިޔަ 18 އަހަރުގައި އައި އެންމެ ބޮޑު ބަދަލު އައި އަހަރެވެ. ފީފަގެ ކުރީގެ ރައީސް ސެފް ބްލެޓާގެ މައްޗަށް 2015 ވަނަ އަހަރު ކުރެވުވުނު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއެކު އިންތިހާބުވިތާ ދެތިން ދުވަސް ފަހުން އިސްތިއުފާ ދިނެވެ. – ރިޕޯޓް

މެސީ ގައުމީ ޓީމުން ރިޓަޔާ ކުރުމާއި އެނބުރި އައުން

ދުނިޔޭގެ ފުޓްބޯޅައިގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓިނާގެ ލިއޮނަލް މެސީ އެވެ. ނިމިދިޔަ އަހަރު ފުޓްބޯޅައިގެ އެންމެންނަށްވެސް ލިބުނު އެންމެ ބޮޑު ހައިރާން ކަމަކީ އުމުރުން 28 އަހަރުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓަލިކަން މެސީ އިއުލާން ކުރުމެވެ. – ރިޕޯޓް

ވަކިވެ ދިޔަ ޝަހުސިއްޔަތުން

އަހުމަދު ނާޝިދު

1963-2016

އަލީ މޫސާ ދީދީ

1943-2016

ޑރ. އެންޑީ އަބްދުﷲ

1935-2016

މުހައްމަދު ޒާހީރު ނަސީރު

1929-2016

AVAS WISHES EVERYONE A

HAPPY NEW YEAR

Back to Avas.mv Avas Year Review 2015