20 18
47.6k
ކޮމެންޓް
14.6k
ލިޔުން
33.8k
ފޮލޮވާސް
135k
ލައިކްސް
Share:
ހޮވާލެވޭ ލިޔުންތައް
އެއާޕޯޓް އަޅަން ފެށުމުގެ ކުރިން ކަވަރޭޖެއް ހަދަން ގޮސް ކުޅިއަށް ފައިބާ ލިޔެ ހެދިން. އޭރު ބޮޑަށް އާވީ ކުޑައިރާ ގުޅިފައިވާ ހަނދާންތައް. ގަސްތަކާ ދޫނިތަކާ މިހެން ގޮސް ވަރަށް ފެހި ގުދުރަތީ ގޮތުން މުއްސަދި މާހައުލެއް އެއީ. އެކަމަކު އަލުން ދެވުމުން ފެނުނީ ހަނަފަސް ސަހަރާއެއް. އެއްވެސް ދިރުމެއް ނެތް ދޮންވެލިގަނޑެއް. ކުރިން ގޮވަގޮވާފައި އުޅުނު ދޫނިތަކެއް ވެސް ނުފެނޭ. އަހަންނަށް ވިސްނުނީ އެ މަންޒަރު އަހަރެންގެ ގަލަމުން ސިފަކޮށްލަން،
-- ނާޒިމް ހަސަން / އެސިސްޓެންޓް އެޑިޓަރު --

މި ރިޕޯޓްގެ ހިޔާލު އުފެދުނު އިރު ހުރެވުނީ އަހަރީ ޗުއްޓީ ނަގައިގެން ގޮސް ކުޅުދުއްފުށީގަ އެވެ. އެއީ އަހަރެންގެ ރަށެވެ. ރަށަށް ދެވުނަސް ޗުއްޓީ މާ ދިގުވީމާ އަބަދުވެސް ވާހެން މިފަހަރުވެސް އިހުސާސްވީ ފޫހި ކަމެވެ. ނުލިޔެ ހުންނަން ޖެހުމުންވާ އުނދަގުލުގެ ބަލި ހިލިގަތީއެވެ. ދެން ޖެހުނީ ބޭރަށް ނުކުންނާށެވެ. ހަވީރު ފިންޏަށް ރަހުމަތްތެރިޔަކާއެކު އެ ދުވަހަކު ނުކުތީ އެވެ. އަހަރެމެނަށް ގޮސް މަޑުކޮށްލެވުނީ އެއާޕޯޓް އަޅަން ބިން ހިއްކި ސައިޓްގެ ތެރެއަށެވެ. ބޮޑު ކުޅިއެއް ހިއްކާލުމުން އެތަން އޮންނާނެ ގޮތް ބަލައިލުމުގެ ޝައުގުވެރިކަން ހިތުގައި އެވަގުތު ހިނގައިގަތެވެ. އެމްޓީސީސީގެ ބެލުމުގެ ދަށުގައި އޮތް އެ ސައިޓަށް ވަދެވޭނެ މަގެއް ހޯދަން ފެށުނީ އެހާ ހިސާބުންނެވެ. އެ ސަރަހައްދަށް ވަނުމުގެ ހުއްދައެއް ލިބުނީ އޭގެ އެއްދުވަސް ފަހުންނެވެ. މި ރިޕޯޓަކީ އަހަރެން ލިޔެފައިވާ އެތަކެއް ސަތޭކަ ރިޕޯޓްގެ ތެރެއިން ވަކި ހާއްސަ ރިޕޯޓެކޭ ނުބުނެވޭނެ އެވެ. އެކަމަކު މިއީ ރާއްޖޭގެ އެތައް ބަޔަކަށް އަދި އަހަރެން ރަށު މީހުނަށް ވަރަށް ކަމުދިޔަ ރިޕޯޓެކެވެ. އަދި މި ރިޕޯޓާ ގުޅޭ އެހެން ކަމެއް ހަނދާން ވެއެވެ. އެއީ އަހަރެން މި ރިޕޯޓް ލިޔުނު ދުވަހު ލިބުނު މެސެޖެކެވެ. އެއީ "އަހަރެން މި އާޓިކަލް ލިޔުނަސް ލިޔާނީ މިފެންވަރުގައޭ" ވިދާޅުވެ އަވަސްގެ އެޑިޓަރު ފޮނިވި މެސެޖެކެވެ.
ފުރަތަމަ ރައީސް ހުވާ ކުރެއްވި ދުވަހު އާޓިކަލް ޝާއިއު ކުރަން އޮތީ. އެކަމަކު ރިޕޯޓްގެ ބޮޑު ބައެއް ފުރަތަމަ ގެއްލުނީ. އިބޫ ހުވާ ކުރައްވާ ނިމުނު އިރުވެސް ރިޕޯޓެއް ނުނިމުނު. ދެން ހިތަށް އެރީ ނުލިޔެ ދާނީ ގެއަށޭ، އެކަމަކު ހިތްވަރު ކޮށްފައި އަނެއްކާ ލިޔަން ފެށީ. ރިޕޯޓް ލިޔެ ނިމުނީ އިރިއޮއްސެން އުޅެނިކޮށް. ޝާއިއު ކުރީ އޭގެ އަނެއް ދުވަހު، އެންމެ ހިތްހަމަޖެހޭ ވަރަކަށް ނޫން ލިޔެވުނީ ވެސް. އެކަމަކު އެ އާޓިކަލްއަށް ލިބުނު ތަރުހީބުން ހައިރާން ވި
މޫސާ ރަޝީދު | ސީނިއާ ޖާނަލިސްޓް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރާ ދުވަހުގެ، ކަވަރޭޖަށް ތައްޔާރުވާން އަވަސްގައި ބޭއްވި ނިއުސް ބްރީފިންގައި އަހަންނާ ހަވާލުކުރީ ރައީސް ސޯލިހު ވެރިކަމާ ހަމައަށް ދަތުރު ކުރެއްވި ގޮތް، "ރޯޑް ޓް ޕްރެސިޑެންސީ" ފީޗާއެއްގެ ގޮތުގައި ލިޔާށެވެ. މަސައްކަތާ ހަވާލު ކުރުމުން "މައިންޑް މެޕް" ކުރަހާލިއިރު ފުރަތަމަވެސް ހަނދާނަށް އައީ ރައީސް ސޯލިހުގެ ކެމްޕޭން ފަހު ދަތުރުގައި އައްޑުއަށް ވަޑައިގެންއިރު އެ ދަތުރުމަތީގައި ބައްދަލުވި، އިބޫގެ ގާތްއެކުވެރިއެއް ކަމަށްވާ، އަލިފުށީ ދާއިރާ މެންބަރު، މުހައްމަދު ރަޝީދު (ބިގޭ) ދެއްކެވި ވާހަކަތަކެކެވެ. މައުލޫ އިތުރަށް ނިއުޅާލައި އިބޫގެ ސަހުސިއްޔަތުގެ ތެރެއަށް ވަންނަން، ބިގޭއާ އިތުރަށް އިންޓަވިއު ވެސް ކުރީމެވެ. އަދި ޕީޕީއެމްގެ މަޖިލިސް މެންބަރުންނާ ބައްދަލުކޮށްގެން ވެސް އިންޓަވިއު ކުރީމެވެ. އެންމެން ވެސް އިބޫ ސިފަ ކުރެއްވީ، ތަފާތު ހިޔާލުގެ ލީޑަރުންތަކެއް ގޮވައިގެން ސިޔާސީ ގޮތުން ނުވާނެ ކަމަށް ހީވެފައި އޮތް މަސައްކަތް ހަގީގަތަކަށް ހެއްދެވި ކެތްތެރި ވަރުގަދަ ލީޑަރެއްގެ ގޮތުގަ އެވެ. މި ރިޕޯޓް މަގުބޫލުވުމުން އަޅުގަނޑަށް ގަބޫލު ކުރެވެނީ ރިޕޯޓް ލިޔުމަށް އަޅުގަނޑު ކުރެހި މައިންޑް މެޕް ރަނގަޅު ކަމަށެވެ.
ފުރަތަމަ ބެލީ ކުރިން އައިހެވަން މަޝްރޫއާ ގުޅޭ ގޮތުން ހުރި ހަބަރުތައް. އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބަހެއް ލިބޭތޯ ވެސް ބަލައިގެން ނުއެއް ލިބުނު. އެކަމަކު ހިތަށް އެރީ ކުރިން ދައްކާފައި ހުރި ވާހަކަތައް ހިމަނައިގެން އައިހެވަން ފްލޮޕްވި ވާހަކަ ލިޔެލާނީއޭ. ރަނގަޅަށް ބަލައިލިއިރު އައިހެވަންގެ ވާހަކަތައް ސަރުކާރުން ވާހަކަ ދެއްކި ގޮތާ އެއްގޮތަކަށް ވެސް ދިމައެއް ނުވޭ، އެހެންވެ އިންފޮގްރެފިކްސް ހިމަނައިގެން ރިޕޯޓެއް އުފެއްދީ، އަހަރުގެ މަގުބޫލް ލިޔުންތަކުގެ ތެރެއަށް ހިނގައިދާނެ ކަމަށް ވިސްނާފާއެއް ނެތް
-- މުހައްމަދު އަފްރާހު | ބިޒްނަސް އެޑިޓަރު --

އިހަވަން ދިއްޕޮޅުގައި ހަދާ އައިހެވަން މަޝްރޫއުގެ ފޮލޯއަޕް ހަބަރެއް ލިޔާ ކޮންމެ ފަހަރަކު އެޑިޓަރު މިހެން ބުނެ އެވެ: "ހައްތާވެސް އަންނަ މަހު، މިއެއް ނުނިމުނެއްނު" ހަގީގަތުގައި ވެސް، އައިހެވަން މަޝްރޫއުގެ ހާލަކީ އެއީ އެވެ. އަބަދުވެސް ފީސިބިލިޓީ ހަދަނީ އެވެ. ދުވަހަކު މަޝްރޫއު ފެށޭ ވަރެއް ނުވެ އެވެ. މި ރިޕޯޓް ލިޔާން ފެށީ އަވަސްގެ މޯނިން ނިއުސް ބްރީފިންތަކާއި ނިއުސް ބަޖެޓް މީޓިންތަކުގައި މި ވާހަކަ ދެކެވޭވަރުން އަހަރެން ބޭނުންވީ ފިސާރި ރަނގަޅަށް ފާޑު ކިޔާފައި މިވާހަކަ ލިޔާށެވެ. އާ އަހަރުގެ ބަޖެޓުން ވެސް އައިހެވަން މަޝްރޫއު އުނިކުރުމުން އެ މައުލޫއަށް ލިޔަން އެންމެ ރަނގަޅު ވަގުތަކީ އެއީ ކަމަށް ވެސް ވިސްނުނީ އެވެ. މި ރިޕޯޓް ލިޔުމުގައި ބޮޑަށް ބެލީ މަޝްރޫއާބެހޭ ގޮތުން އެކި ފަހަރުމަތިން ދައްކާފައިވާ ވާހަކަތަކައި ހުރި ދިމާ ނުވުންތަކަށެވެ.
އެވޯޑު ލިބުނު ނޫސްވެރިން