15 އަހަރުގެ އަޅުވެތިކަން ނިންމަން 5 އަހަރުގެ ހަނގުރާމައެއް

ޕޯޗްގީޒް އަޅުވެތި ކަމުގައި ދިވެހި ރާއްޖެ 15 އަހަރާއި 6 މަސްދުވަހުގެ ދިގު މުއްދަތަކަށް އޮންނާން ޖެހުނެވެ. ޕޯޗްގީޒުންގެ މައްޗަށް ބޮޑުތަކުރުފާނުގެ ލީޑަޝިޕުގައި ނަސްރާއި ފަތަހަ ހޯދީ ގެރިއްލާ ހަނގުރާމައެއް މެދުނުކެޑި ފަސް އަހަރު ދުވަހު ކަނޑާާއި އެއް ގަމުގައި ކޮށްގެނެވެ. ބޮޑުތަކުރުފާނު ރާއްޖެ މިނިވަން ކުރި އަގު ބޮޑު ގައުމީ ޖިހާދުގެ ސަބަބުން ރާއްޖޭގެ ގައުމީ ދުވަސް ނިސްބަތް ވަނީ އެ ތަކުރުފާނާއި މިނިވަންކަމުގެ އެ ޖިހާދަށެވެ. އެ ތާރީހު ދިމާވަނީ ރަބީޢުލްއައްވަލު 1، 981 އަށެވެ. އެއީ ޖުލައި 2، 1573 އެވެ. އެ ދުވަހަކީ ދިވެ ރާއްޖޭގެ ގާުނޫނުއަސާސީގައި ހަމަ އެކަނި ބަޔާން ކުރަ ދުވަހެވެ.

1 ސައުބާން 965 - 19 މޭ 1558

ދިވެހި ރާއްޖެ ޕޯޗްގީޒު އަޅުވެތި ކަމަށް ގޮސް ޕޯޗުގީޒު، އަނދިރިއަނދިރިން ރާއްޖޭގެ އިސްވެރިޔާގެ ގޮތުގައި ދިވެހި ދައުލަތް ހިނގައިގަތެވެ. އެ ތާރީހު ޖެހެން ފެށީ ޗުގީޒުން ރާއްޖެ ހިފައި ރާއްޖޭގެ ތަހުތުގައި އެ ދުވަސްވަރު އިންނެވި ރަސްގެފާނު އައްސުލްތާނު ޢަލީ ހަވަނަ ޝަހީދު ކޮށްލުމަށް ފަހު ގަދަ ބަދަވިކަމުން ރާއްޖޭގެ ވެރިކަމާ ހަވާލުވެގެނެވެ.

ޕޯޗްގީޒުގެ އިސްތިއުމާރީ ވެރިކަން ރާއްޖެއަށް ފެތުރިއްޖެ އެވެ. ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު ފިޔަވައި އެހެން ހުރިހައި އަތޮޅުތަކަށް ޕޯޗުގީޒުންގެ ވެރިކަން ފެތުރުނެވެ.

Artwork by Afzal Shaafiu
ބޮޑު ތަކުރުފާނަކީ ހއ. އުތީމު ބޭފުޅެއް، އެ ތަކުރުފާނާއި ބޭބޭފުޅު އަަލިތަކުރުފާނާއި، ކޮއްކޯފުޅު ހަސަން ތަކުރުފާނު ރާއްޖެ މިނިވަން ކުރަން ގެރިއްލާ ހަނގުރާމައެއް ފެއްޓެވީ ރައްޔިތުންގެ މައްޗަށް ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުން.
  • ގެރިއްލާ ހަނގުރާމައަކަށް ތިންބެއިން އެއްބަސްވީ ރާއްޖޭގައި އިސްލާމް ދީނުގެ ނޫރު ފުހެވިދާނެ ކަމުގެ ބިރު ހީވެ އެކަމަށް ބަޔަކު އިސް ނަގަން ޖެހޭނެތީ
ކުރާ ކަންތައް ކަމުދަނީ ވިއްޔަކާ މުރާލި ކުދިންނަކަށް ތުރާލެއް ނުވާނެ
ގެރިއްލާ ހަނގުރާމައިގެ ލީޑަރު ބޮޑު ތަކުރުފާނު
އިސް ބޭފުޅަކަށް ހުންނެވީ ބޮޑުތަކުރުފާނު ހުންނެވި ނަމަވެސް ތިންބެއިން އެކަނި ޕޯޗުގީޒުންނާ ދެކޮޅަށް ނުކުމެ މަސައްކަތް ކުރެއްވުމަކީ ރައްކާތެރި ކަމަކަށް ނުވާނެކަން ބާރާއި ސިޔާސީ ގޮތުން ގަބޫލު ކުރެވުނެވެ. އެހެންވެ ފުރަތަމަ ކަަމަކަށް އެ ބޭފުޅުންގެ އާއިލާ މަލިކަށް ބަދަލު ކުރި އެވެ.
ކަޅުއޮއްފުންމީގައި މަލިކަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުން ދެ ބޭފުޅަކާ ބައްދަލުވި އެއީ އަލީ ހާޖީއާއި ހަސަން ހާޖީގެ ދެބެން އެ ދެބޭފުޅުން ބޮޑުތަކުރުފާނުގެ ޖިހާދުގައި ބައިވެރިވެ ވަޑައިގެންނެވީ އެ ޖަމާއަތަށް ދެން އިތުރު ކުރީ
ގެރިއްލާ ހަނގުރާމަ ފެށިއްޖެ އެވެ. ރޭގަނޑުގެ އަނދިރީގައި ރާއްޖޭގެ ރަށްރަށަށް އަރާ ޕޯޗްގީޒް ކާފަރުންނާ ދިމާކޮށް އެ މީހުން މަރަމުން ގެންދިޔަ އެވެ. ހަނގުރާމަ ކުރީ ރޭގަނޑު އެވެ. އިރުއަރާ އިރު އޮޑި ނުފެންނަ ހިސާބު ބޭރަށް ނުކުމެ ފިލަނީ އެވެ. އެކަން ޕޯޗުގީޒުންނަށް ވަރަށް ބޮޑު އުނދަގުލަކަށްވެ ހަނގުރާމައިގެ ލީޑަރު އަތުލައިގަންނަން އިއުލާން ކުރި އެވެ.
ރެއެއްގެ މެންދަމު ތަކަންދޫއަށް ފޭބި އެވެ. އެރޭ އަލި ތަކުރުފާނު އޭނާގެ އަނބިކަނބަލުންގެ ގޭގައި އޮންނަވަނިކޮށް އަވަހާރަފުޅު ލެއްޕެވިއްޖެ އެވެ. އިރު އަރާން ގާތްވެ ކަޅުއޮއްފުންމި ފުރާން ތައްޔާރުވީ އިރުވެސް އަލިތަކުރުފާނުގެ ޚަބަރެއް ނެތެވެ. ފުރާން ޖެހުނީ އެ ތަކުރުފާނާ ނުލަ އެވެ.

މީލާދީން 1576

އަލިތަކުރުފާނު ތަކަންދޫގައި އޮންނެވިކަން ޕޯޗުގީޒުންނަށް އެނގިއްޖެ އެމީހުން އެ ގެއަށްގޮސް ހަމަލާދީ އެ ތަކުރުފާނު ޝަހީދު ކޮށްލައިފި އެވެ. އަލި ތަކުރުފާނުގެ އިސްތަށިފުޅު ކަނޑައިގެން އަނދިއަނދިރިންނަށް ދައްކާން މާލެ ފޮނުވި އެވެ. އަނދިރި އަނދިރިން ބެލުމަށްފަހު އަލިތަކުރުފާނުފެ އިސްތަށިފުޅު އެއްލައިލުމުން މާލޭގެ ބަޔަކު އެ އިސްތަށިފުޅު ގެންގޮސް މާލެ ކައިރީ ފުނަދޫގައި ވަޅުލައިފި އެވެ. އަލިތަކުރުފާނުގެ މަހާނަ ކަމަށް ބުނާ މަހާނައެއް ފުނަދޫގައި ހުރެ އެވެ. އަލި ތަކުރުފާނު ޝަހީދުކޮށްލީ 1572 ވަނަ އަހަރުގަ އެވެ.
އެންމެ ހަތަރު ބޭފުޅުންނާއެކު ޕޯޗުގީޒުންގެ ވަރުގަދަ ލަޝްކަރު ބަލި ކުރުމަކީ ކުރެއްވޭނޭ ކަމެއް ނޫންކަން ބޮޑު ތަކުރުފާނަށް އެނގިވަޑައިގެންނެވި އެވެ. ބޮޑުތަކުރުފާނު އިސްވެ މަޝްވަރާތަކެއް ހަތަރު ބޭފުޅުންގެ މެދުގައި ބޭއްވެވި އޭގެ ފަހުން ބޮޑުތަކުރުފާނު ވަޑައިގަތީ އިންޑިއާގެ ކަންނަންނޫރަށެވެ. އެތާނގެ އަލީ ރާޖާއާ ބައްދަލު ކުރައްވައި ސިޔާސީ މަސްރަރާތައް ކުރެއްވި އެ މަޝްވަރާތަކާއެކު ބޮޑުތަކުރުފާނާ އެހީވާން ލަޝްކަރެއް ފޮނުއްވާން އަލީ ރާޖާ އެއްބަސްވެ ވަޑައިގަތް. އެ ލަޝްކަރާއެކު ބޮޑުތަކުރުފާނު ރާއްޖެ ވަޑައިގަތް އިރު ރާއްޖެ އޮތީ ނާޒުކު ހާލަތަކަށް ވެއްޓިފަ އެވެ.
ބޮޑުތަކުރުފާނުގެ ލަސްކަރު ރާއްޖެ އައި ރޭގެ އަނެއް ދުވަހު ކްރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު ގަތުލު ކުރާނޭ ކަމަށް ޕޯޗުގީޒުން އިއުލާނެއް ކުރި އެވެ. އެ އިއުލާން ކުރި އިރު އޭރު މާލޭގައި ތިބި އިސްލާމް ދީން ދެކެ ލޯބިވާ މީސްމީހުން އަތު ޖެހުނު ހަތިޔާރެއް އެއްކޮށް ޕޯޗުގީޒުންނާ ހަނގުރާމަ ކުރަން ތައްޔާރުވެފައިވޭ. ހަމަ އެރޭ ބޮޑުތަކުރުފާނު މާލެ އަރާވަޑައިގެން އޭނާގެ ލަޝްކަރާއެކު ޕޯޗުގީޒުންނާ ހަމަލާ ދީފި އެވެ.
އަދި ރާއްޖެ މިނިވަން ކުރެއްވުމަށް ފަހު ރާއްޖޭގައި ރަސްކަން ކުރެއްވި އެ ތަކުރުފާނުގެ ބޮޑުވަޒީރަކަށް ހަމަޖެއްސެވީ އަލިހާޖީ. ކޮއްކޯފުޅު ހަސަންތަކުރުފާނު ހަމަޖެއްސެވީ ވެރިކަމުގެ އެއް ބައިވެރިޔަކަށް ހަސަންހާޖީއަށް ވެލާނާާކަން ދެއްވި އުއްތަމަ ފަނޑިޔާާރަކަށް ހަމަޖެއްސެވީ ކޮރަލިތަކުރުގެ އަބޫބަކުރަށް. ދަންޑެހެލަށް ކޮލި ލެއްވީ ފާމުލަދޭރިކަމަށް.
ރަސްކަމަށް ވަޑައިގަތުމަށް ފަހު އެންމެ އިސްކަން ދެއްވީ ރާއްޖޭގައި އިސްލާމީ ތަޢުުލީމު ދެއްވައި އިސްލާމީ ހިދާޔަތު ފަތުރުއްވެވުމަށް ސަބަބަކީ ރާއްޖެއިން އޮތީ އިސްލާމީ ހިދާޔަތު މުޅީން ކަހަލަ ގޮތަކަށް ފުހެވިފައި އެކަމަކު އެދުވަސްވަރު އިސްލާމީ ތަޢުލީމު ދެއްވޭ ވަރުގެ ބޭފުޅަކު ރާއްޖެއަކު ނެތެވެ. އެ ދުވަސްވަރާ ދިމާކޮށް ރާއްޖެއިން ބޭރަށް ވަޑައިގެން ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު ދަންނަބޭކަލަކު ރާއްޖެ ވަޑައިގެންފި އެވެ. އެއީ ވާދޫ ދަންނަކަލޭގެފާނު ބޮޑުތަކުރުފާނު ވާދޫ ދަންނަކެލޭގެފާނާ މަތިކުރެއްވީ އިސްލާމީ ހިދާޔަތު ފަތުރުއްވާށެވެ. ދަންނަކަލޭގެފާނު ވަޒަންވެރިވެ ވަޑައިގަތީ ގދ. ވާދޫގައއި ރާއްޖޭގެ އެކި ރަށްރަށުން މީހުން ވާދުއަށް ގޮސް ކިޔަވާން ފަށައިފިއެވެ.
އެކުލަވައިލުން: އައިޝާ އަޝްރަފް
ޑިވެލޮޕާ: އިސްމާއިލް ޒާހީ