ސިއްހަތު

ދަރިން ހޯދަން ފަރުވާ ކުރާ މީހުނަށް ކައުންސެލިން

ފާޓިލިޓީ ޓްރީޓްމަންޓް ނަގާ ފަރާތްތަކަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ހިލޭ ކައުންސެލިން ސެޝަންތަކެއް ފަށައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ފެށި ސެޝަންތަކުގައި ދިގު މުއްދަތަށް ފާޓިލިޓީ ޓްރީޓްމަންޓް ނަގަމުންދާ ފަރާތްތަކަށް ނަފްސާނީ ގޮތުން ދިމާވާ ކަންކަމަށް އެހީތެރިކަން ފޯރުވާދީ އެންޒައިޓީ އަދި ސްޓްރެސް މެނޭޖް ކުރަން ދަސް ކޮށް ދޭނެ އެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ގެ ކޯފައުންޑަރު ހައްވާ އިހުސާނާ ވިދާޅުވީ މި ޓްރީޓްމަންޓް ތަކަކީ ބައެއް ފަހަރު ވަރަށް ދިގު ލައިގެން ދާ ޓްރީޓްމަންޓްތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ކުރިއަށް ގެންދާ ކައުންސެލިން ސެޝަންތައް ނަގައި ދެނީ ތަޖުރިބާކާރު ފަރާތްތެކެވެ. ސެޝަންތައް ކުރިއަށް ގެންދަނީ ތިން މަހަށް ބަހާލައިގެނެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ މި ސެޝަންތަކުގައި ހިލޭ ބައިވެރިވެވެ އެވެ.