މޯލްޑިވްސް ޕޮލިސް ސާވިސް

މަގުމަތީގައި ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރުކޮށްފި

Nov 21, 2021

މާލޭގެ މަޖީދީ މަގުގައި ޖިންސީ ގުނަވަން ދެއްކި މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުސް އިދާރާއިން ބުނީ ރޭގެ ވަގުތެއްގައި މަޖީދީ މަގުގައި ހިނގާފައި ދިޔަ ކުޑަ އަންހެން ކުއްޖަކަށް ފިރިހެނަކު އޭނާގެ ޖިންސީ ގުނަވަން ދައްކާފައިވާތީ، 36 އަހަރު ދިވެހި އެ ފިރިހެނަކު ހައްޔަރުކޮށް މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

މާލޭގެ މަގުތަކުގައި ޖިންސީ ގުނަވަން ދެއްކުމާއި، ޖިންސީ ފުރައްސާރަ އަދި ގޯނާ ކުރުމުގެ މައްސަލަތައް ވަރަށް ގިނައިން ފެންމަތި ވެއެވެ.