އެޑްވަޓޯރިއަލް

އެމްޑަބްލިއުއެސްސީ: އުފެއްދުންތެރިކަމުގެ މަތީ ހަރުފަތުގައި

Feb 7, 2022

ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، މިއަދު އެމްޑަބްލިޔުއެސް.ސީ އަކީ އުފެއްދުންތެރިކަމުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އުފެއްދުންތެރިކަން ފުޅާވެ ދިއުމަކީ ކުންފުނީގެ ކުރިއެރުމަށް އެކަމުން ގިނަގުނަ ފައިދާ ތަކެއް ލިއްބައިދޭނެ ކަމެކެވެ. މި ރޫޙުގައި އެމް.ޑަބްލިޔު.އެސް.ސީއިން ދަނީ އުފެއްދުންތެރިކަމުގެ ރޮގުން ބިނާކުރަނިވި މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އައިލެންޑް ބެވްރޭޖަސް މޯލްޑިވްސް (އައި ބީއެމް) އާ ގުޅިގެން 2004 ވަނަ އަހަރުން ފެށިގެން ފުޅީގައި ބަންދުކުރި ބޯފެން ފޯރުކޮށްދޭން ފެށުން ހިމެނެ އެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީ އިން ހުޅުމާލޭގައި ފުޅީގައި ބަންދުކުރި ފެން އުފެއްދުމަށް ބޭނުންވާ ރޯމެޓީރިއަލްސް އުފައްދާ ކާރުހާނާއެއް 2011 ވަނަ އަހަރު ގާއިމްކޮށް ޕްރެފޯރމް އުފައްދަންވެސް ވަނީ ފަށާފަ އެވެ. މީގެ އިތުރުން ކ.ގުޅީފަޅުގައި 2015 ވަނަ އަހަރު ހޮޅި އުފައްދާ ކާރުހާނާއެއް ގާއިމްކޮށް ދުނިޔޭގައި ނަން ހިގާ ބްރޭންޑްތަކާއި އެއް ފެންވަރެއްގެ ހޮޅި ދަނީ އުފައްދަމުންނެވެ. މީގެއިތުރުން، 2013 ވަނަ އަހަރު ރ. ދުވާފަރުގައި އައިސް ޕްލާންޓެއް ގާއިމްކޮށް، އެމްޑަބްލިޔުއެސްސީ އިން ދަނީ އެ ސަރަހައްދުގެ މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދެމުންނެވެ.


ދެހާސް ހަތަރު ވަނަ އަހަރު ގާއިމްކުރެވެނު ކާރުހާނާ އިން އުފައްދަން ފެށި "ތާޒާ" ބްރޭންޑްގެ ފުޅީގައި ބަންދުކުރި ފެނަކީ އެ މާކެޓްގެ ބޮޑު ބައެއް ހިއްސާކުރަމުން އަންނަ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އުފެއްދުމުކެވެ. ފުޅީގައި ބަންދުކުރި ފެން އުފެއްދުމަށްޓަކައި އެމްޑަބްލިޔުއެސްސީ އިން ވަނީ ހުޅުމާލޭ އަދި ރ.ދުވާފަރުގައި ކާރުހާނާއެއް ޤާއިމްކޮށްފައެވެ. މި ދެ ކާރުހާނާގައިވެސް ފެން ބަންދުކުރުމުގެ މަސައްކަތް ކުރަމުންއަންނަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެނެވެ. މިގޮތުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކާރުހާނާއަކީ ފުޅީގައި ފެން ބަންދުކުރާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޒަމާނީ ކާރުހާނާ އެވެ. މި ދެ ކާރުހާނާއަކީ ވެސް ފުޑްް އެންޑް ސޭފްޓީ ސްޓޭންޑަޑް އިން HACCP އަދި ISO 22000:2005 ގެ ބައިނަލްއަގްވާމީ ސެޓްފިކެޓް ހާސިލްކޮށްފާ ކާރުހާނާތަކެކެވެ.

މީގެއިތުރުން، އުފެއްދުންތެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ 2015 ވަނަ އަހަރު ކ. ގުޅީފަޅުގައި އެމްޑަބްލިޔުއެސްސީ އިން ގާއިމް ކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާ އެވެ. މި ކާރުހާނާ އިން ހޮޅި އުފައްދަނީ ޖަރުމަނުގެ "ކުރައުސް މަފެއި" ބްރޭންޑްގެ ޒަމާނީ ފެންވަރުގެ މެޝަނަރީ އާއި އަދި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމައްވާ "ވާވިން" ޓެކްނޮލޮޖީ ބޭނުންކޮށްގެނެވެ. އަދި ހޮޅީގެ ކޮލިޓީ ޓެސްޓުކުރެވޭނެ ލެބޯޓްރީއެއްވެސް މި ކާރުޚާނާގައި ވަނީ ޤާއިމްކުރެވިފައެވެ. މި ކާރުޚާނާ އަކީ އައިއެސްއޯ 9001:2015 ސެޓިފައި ކުރެވިފައިވާ ކާރުޚާނާ އެކެވެ. މި ކާރުޚާނާ އިން ދަނީ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތަކާއި މަގު ހެދުމާއި ސްޓޯމް ވޯޓަރ ފަދަ މަޝްރޫޢުތަކައް ބޭނުންވާ އެކި ސައިޒުގެ ހޮޅި އުފައްދަމުންނެވެ. މީގެ އިތުރުން މި ކާރުޚާނާއިން އިމާރާތްތަކުގެ ފެންވަޔަރުކުރުމަށް ބޭނުންވާ ތައި ސްޓޭންޑަރޑްގެ ހޮޅިވެސް ދަނީ އުފައްދަމުންނެވެ. ނަރުދަމާ ނިޒާމުގެ މަސައްކަތަށް ބޭނުންކުރުމަށް ތިން އިންޗި އާއި ހަ އިންޗި ޑައިމީޓަރު އާއި ދެމެދު ގެ ހޮޅި މި ކާރުހާނާ އިން އުފައްދާއިރު، ފެނުގެ ނިޒާމުގެ މަސައްކަތަށް ބޭނުންކުރުމަށްޓަކައި އެއް އިންޗި އާއި 10 އިންޗި ޑައިމީޓަރު އާއި ދެމެދުގެ ގެ ސައިޒްތަކުގެ ހޮޅި އުފައްދަ އެވެ. މީގެ އިތުރުން އިމާރާތުގެ ފެން ވަޔަރުކުރުމަށް ބޭނުންވާ 0.5 އިންޗި ޑައިމީޓަރު އާއި 4 އިންޗި ޑައިމީޓަރު އާއި ދެމެދުގެ ހޮޅި މި ކާރުހާނާއިން އުފައްދައެވެ.

އެމްޑަބްލިޔުއެސްސީ ގެ މި ކާރުހާނާތައް އުފެދިގެންއައި ފުރަތަމަ ދުވަހުންފެށިގެންވެސް މި ކާރުހާނާތައް ހިންގާ ބަލަހައްޓަމުން އައީ 100 ޕަސެންޓް ދިވެހި މުއައްޒަފުންނެވެ. އަދި ހަމަ އެހެންމެ މި ކާރުހާނާތަކުގެ މަތީ ފަންތީގެ ފަންނީ މުވައްޒަފުންނަކީ މުޅިން ވެސް ދިވެހިން ކަމަށްވެފައި އަދި ކާރުހާނާތަކުގެ މަސައްކަތްތައް ވެސް މިއަދު ފުޅާވެގެން ގޮސްފައިވާކަމީ އެމްޑަބްލިޔުއެސްސީ އިން ފަހުރުވެރިވާކަމެކެވެ.

އެމްޑަބްލިޔުއެސްސީގެ އުފެއްދުން ތެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން ހޮޅީގެ އާބާވަތެއް އުފައްދާ މިއަހަރު ފުރަތަމަ ކުއާޓާގައި ބާޒާރައް ނެރުމުގެ މަސައްކަތް ބާރު ސުޕީޑްގައި ދަނީ ކުރަމުންނެވެ. މީގެ އިތުރުން މިނެރަލައިޒްޑް ފެނުގެ އާ އުފެއްދުމެއްވެސް ހުޅުމާލޭގެ ބޮޓަލިން ކާރުހާނާގައި އުފައްދާ މި އަހަރުގެ ތެރޭގައި ބާޒާރަށް ނެރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްގީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމައު އަށް ފޯރުކޮށްދިނުމެވެ. އެމްޑަބްލިޔުއެސްސީ އިން އުފައްދާ އުފެއްދުންތައް ބައްލަވާ ގަންނަވަން ނުވަަތަ އުފެއްދުމަކާ ބެހޭގޮތުން މަޢުލޫމާތެއް ސާފުކޮށްލަން ބޭނުންވެ ލައްވާނަމަ އެމްޑަބްލިޔުއެސްސީގެ ޝޯރޫމުގެ ހޮޓްލައިން 7960022 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެންވެސް މައުލޫމާތު ސާފުކޮށް އުފެއްދުންތައް ބައްލަވާގަނެވޭނެ އެވެ.