LIVE UPDATES

56 މިނެޓުން އުންމީދީ ރިޔާސީ ބަޔާނެއް

ރައްޔިތުންގެ މަޖިލިސް އާ އަހަރަށް ހުޅުވައި ދެއްވައި މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވައި ދެއްވައިފި އެވެ. ރައީސް ރިޔާސީ ބަޔާން އިއްވަވާ ނިންމާލެއްވި އިރު ބަޔާން އިއްވުމަށް 56 މިނެޓް ރައީސް ބޭނުން ކުރެއްވި އެވެ. މިއަދު އިއްވެވި ބަޔާނީ ބަރުލަމާނީ ހަޔާތުގެ 54 ވަނަ ރިޔާސީ ބަޔާނެވެ. އަދި ރައީސް ސޯލިހުގެ ހަތަރުވަނަ ރިޔާސީ ބަޔާނެވެ. މިއަދުގެ ބަޔާނުގައި ހިމެނީ 4434 ލަފުޒެވެ.