އެޗްޑީސީ

ހެދިކާޓެންޓްތައް ބަދަލު ކުރުމުން ވާނީ ކިހިނެއް؟

ހުޅުމާލޭގައި ގިނަ ހިދުމަތްތައް ލިބުން ދައްޗެވެ. ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށް، ގޭގައި ތިބެ ކުދިން ބަލަމުން އިތުރު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ގިނަ އަންހެނުންތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް މޭޒު ނެރެގެން ހެދިކާ ވިއްކަމުންދިޔަ އެވެ. ގިނަ ބަޔަށް ލުއި ފަސޭހަ ކޮށްދިމުމަށް ކުރީގެ ސަރުކަރުގައި، ހެދިކާ ޓެންޓް ތަކެއް ދުކޫރި އެވެ.

ރަނގަޅު ފެންވަރެއްގަ ނޫނަސް ހިޔާ ކޮށްފައިވާ އެ ޓެންޓްތައް ލިބުނު ފަރާތްތަކަށް ލުޔެއް ލިބުނީ ކޮންމެ ދުވަހަކު ނެރޭ މޭޒުތައް ނެރެން ނުޖެހޭތީ އެވެ. ބައެއް ޓެންޓްތަކުގެ ވެރިފަރާތް ތަކުން ޓެންޓްތަކުގެ ޑިޒައިނަށް ބަދަލުގެނެސް ވާރޭއިން ހިޔާވުމަށް އިތުރަށް ބަދަލުތައް ގެނަ އެވެ.

މިހާރު ހުޅުމާލޭގަ ދިރިއުޅޭ ފަރާތްތަކުގެ ހެދިކާ ޓެންޓްތައް ނަގަން ނޯޓިސް ފޮނުވާ ހެދުމުން، ހެދިކާ ވިއްކައިން އާމްދަނީ ހޯދަމުންދިޔަ ފަރާތްތައް ވަނީ ނާއުންމީދުވެފަ އެވެ. އެކަމަކު އެޗްޑީސީން ފަހުން ހުއްދަ ދިނެވެ.

އޭގެ ފަހުން ހުޅުމާހޭގެ ދެ ސަރަހައްދަކަށް، އެކި ސަރަހައްދުތަކުގައި ހުރި ޓެންޓްތައް މާރުކޭޓްގެ ގޮޅިތައް ހުންނަ އުސޫލުން ބަދަލު ކުރަން ނިންމާފައި ވެއެވެ. ޓެންޓްތައް ނަގާ އިރު، މިހާރު ހެދިކާ ވިއްކަމުންދާ ބައެއް މީހުންނަކީ މާލޭގެ ގެތަކުން ހެދިކާ ހަދައިން ހުލޫމާލޭގައި ވިއްކާ މީހުނެވެ. އެމީހުނަށް ދުވަހުން ދުވަހަށް ލިބޭ އާމްދަނީ އަށް އެކަމުން ގިނަގޮން ޖެހުން ތަކެއް ކުރިމަތިވާނެ އެވެ.

ވިއްސާރަ ދުވަސްތަކުގައި މާލެއިން ހެދިކާހަދައިން ދާން އުނދަގޫލެވެ. ކުރިން ބަހުގައި ހެދިކާ ތަށިތައް ހިފައިން ދަތުރުކުރި ނަމަވެސް، ބަހުގައި ދަތުރު ކުރާ އެހެން މީހުންނަށް އެކަމުން އުނދަގޫ ވާތީ ގިނަ ދުވަހު ދާން ޖެހެނީ ޓެކްސީއެއް ނަގައިނެވެ.