ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ފުނަދޫ އާއި ހޮޅުދޫއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ށ. ފުނަދޫ އާއި ނ. ހޮޅުދޫއަށް ވަޑައިގަތުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ މި މަހުގެ 17 އިން 19 އަށް ރައީސް ސޯލިހް ށ. ފުނަދޫ އާއި ނ. ހޮޅުދޫއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ. މިއީ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.