މަރު

ފީނަށް ގޮސް އުޅުނު މީހަކު މަރުވެއްޖެ

ފީނަށް ގޮސް އުޅުނު މީހަކު މަރުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ އުނގޫފާރުގައި ފީނަށް ގޮސް އުޅުނު މީހަކުު ގެނބިފައިވާ ކަމުގެ މަައުލޫމާތު މިއަދު ހަވީރު ފުލުހަށް ލިބުނު ކަަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. ޒުވާނާގެ ނަމަކީ މިމްރާހެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.