ޒުވާނުން

ޒުވާނުންގެ އެވޯޑް 10 މީހަކަށް ދީފި

Oct 23, 2022
1

މިއަހަރުގެ ޒުވާނުންގެ އެވޯޑް 10 ދާއިރާ އަކުން 10 މީހަކަށް ދީފި އެވެ.

ޒުވާނުންގެ އެވޯޑް ދީފައިވަނީ މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

އެވޯޑް ލިބުނު ޒުވާނުންނާއި ދާއިރާތައް

  • ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ހޮވާ ލެވޭ ޒުވާނަކަށް ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އިނާމު: އަހްމަދު އަހްނަފް ފިރާގު
  • މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ: އާފިރު މުހައްމަދު
  • ދިވެހި ބަހާއި ސަގާފަތަށް ހިދުމަތްކުރުމުގެ ދާއިރާ: އަލީ އަމީރު
  • ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ: އިބްރާހިމް ޝަރީފް ހަސަން
  • ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާ: އަބްދުﷲ ޝަހުނީޒު
  • ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ: މުހައްމަދު ޖައިލަމް
  • ދަރުމަވެރިކަމުގެ ދާއިރާ: ފިރާޝާ މުހައްމަދު
  • ފަންނުވެރިކަމުގެ ދާއިރާ: އަބްދުﷲ ޝަފީއު
  • ދަނޑުވެރިކަމުގެ ދާއިރާ: އަލީ ރަޝީދު
  • ކުޅިވަރުގެ ދާއިރާ: ނީޝާ ހަލީމު

ޒުވާނުންގެ އެވޯޑަކީ އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ކޮންމެ އަހަރަކު ވެސް ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.