ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާގެ ބޯޑަރުތައް ދަތުރުވެރިންނަށް އަލުން ހުޅުވާލައިފި

ޗައިނާއިން ހަމަޖައްސާފައި އޮތް ގޮތަށް އެ ގައުމުގެ ބޯޑަރުތައް ދަތުރުވެރިނަށް އަލުން ހުޅުވާލައިފި އެވެ. ޖެނުއަރީ އަށެއްގައި ބޯޑަރުތައް ހުޅުވާލާނެ ކަމަށް ޗައިނާއިން ކުރިއާލައި އޮތީ އިއުލާންކޮށްފަ އެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އަމިއްލަ އިޚުތިޔާރުގައި ޗައިނާ ބޯޑަރުތައް ބަންދުކުރީ އެ ގައުމުގައި ކޮވިޑް ފެތުރުން ތައްކަތު ކުރެވޭތޯ އެވެ. އެހެން ނަމަވެސް، ބަންދުގައި ތިބެތިބެ ރާޑިވެގެން -- އަދި އަތްމަތި ދަތިވުމުގެ ސަބަބުން ރައްޔިތުން މަގުތަކަށް ނުކުމެ ހޯބޯލަވަން ފެށުމުން -- ބޯޑަރު ހުޅުވާލި ނަމަވެސް އަދިވެސް ކޮވިޑް ފެތުރުން ލާހިކުވާ ގޮތެއް ނުވެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަޅާފައި ހުރި ކަަހަލަ ހަރުކަށި އެއްވެސް ފިޔަވަޅެއްގައި ޖެހިވެސް ނުލައި ޗައިނާއަށް އެތެރެވެވުމުން ދަތުރުވެރިން ވަނީ އުފަލުން ޝުއޫރު ފާޅުކޮށްފަ އެވެ. ޗައިނާއިން ބޯޑަރުތައް ހުޅުވާލީ ކޮވިޑަށް ޓެސްޓްކުރުމާއި އައިސޮލޭޓްވުން ފަދަ އެއްވެސް ކަމެއް ޝަރުތުކުރުމެއް ނެތި އެވެ.

ޗައިނާ އިން ކޮވިޑަށް ލުއިދޭން ފެށީ މިދިޔަ މަހު އެވެ. ވެރިރަށް ބެއިޖިން އާއި އަވައްޓެރި ސިޓީތަކުގައި ކޮވިޑާ ދެކޮޅަށް ސަރުކާރުން އަޅާފައި ހުރި ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުމެ ސިޔާސަތަށް ފާޑުކިޔަން ފެށުމުންނެވެ.

ކަރަންޓީން އުވާލައި ބޯޑަރުތައް ހުޅުވާލާނެ ކަމަށް މިދިޔަ މަހު އިއުލާނު ކުރުމާ އެކު ޗައިނާ މީހުން ގައުމުން ބޭރަށް ދަތުރުތައް ރޭވުމަށް އަވަސްވެގަތެވެ. އަދި މަޝްހޫރު ޓްރެވަލް ވެބްސައިޓްތަކަށް ބާރުބޮޑުވެ ހުއްޓުންއަރާ ވަރު ވަނީ ވެފަ އެވެ.

ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާ އެކު ކޮވިޑް ފެތުރުން ނުރައްކާތެރި މަރުހަލާއަކަށް ހިނގައިދާނެ ކަމަށް ބަލައި ގައުމުތަކުން ވަނީ ސަމާލުވުމަށް ގޮވާލާފަ އެވެ. އަދި ކޮވިޑަށް ޓެސްޓްކުރުމަށާއި ފަރުވާދިނުމަށް ތައްޔާރުވުމަށް ސިއްހީ މަރުކަޒުތަކަށް ވަނީ އިރުޝާދު ދީފަ އެވެ.

ހަމައެކަނި ޗައިނާގެ ފަތުރުވެރިންނަށް ޚާއްސަކޮށް ކޮވިޑަށް ޓެސްޓްކުރުމަކީ އިންސާފުން ބޭރު ކަމެއް ކަމަށް ބުނެ ޗައިނާއިން ވަނީ ގައުމުތަކުގެ މި އުސޫލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޗައިނާ މީހުންނަށް އިހާނެތިކޮށް ހިތާ ގައުމުތަކާ މެދު ސީރިއަސް ނަޒަރަކުން ބަލާނެ ކަމަށް ވެސް ބެއިޖިން އިން ވަނީ ބުނެފަ އެވެ.