ލައިފްސްޓައިލް

ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ 118 އަހަރުގައި މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ކަމަށް ރެކޯޑްތަކުން ދައްކާ ފްރާންސްގެ އަންހެން މީހާ ސިސްޓާ އެންޑްރޭ މަރުވެއްޖެ އެވެ.

އަންގާރަ ދުވަހު އެންޑްރޭ މަރުވިއިރު އޭނާގެ އުމުރަކީ 118 އަހަރެވެ. ފްރާންސްގެ ދެކުނުގައި އޮންނަ ސިޓީ އޮފް ޓައުލޮންގައި ދިރިއުޅޭ މި އަންހެން މީހާ އަކީ ފައްޅީއެއްގައި ނަން އެއްގެ ގޮތުގައި އުޅޭ މީހެކެވެ.

އެ ސިޓީގެ މޭޔަރު ހުބާޓް ފެލްކޯ ކުރެއްވި ޓުވީޓެއްގައި އެންޑްރޭ މަރުވިކަން ޔަގީންކޮށްދީފައި ވެއެވެ.

މޭޔަރު ވިދާޅުވީ އެންޑްރޭ މުސްކުޅިވެގެން ގޮސް ލޯބޯ ކޮށިވެ މަރުގެ އިންތިޒާރުގައި އިންނަތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ.

ފެބްރުއަރީ 11، 1904 ގައި އެންޑްރޭ އުފަންވީއިރު ކިޔާފައިވަނީ ލޫސީލް ރަންޑޮން އެވެ. އޭނާގެ މުޅި އުމުރު ހޭދަކޮށްފައިވަނީ ފައްޅީގެ ކަންކަމުގަ އެވެ.

އެންޑްރޭ އަށް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ރެކޯޑް ލިބުނީ ކުރިން މި ރެކޯޑް އޮތް ޖަޕާންގެ ކާނޭ ޓަނާކާ މިދިޔަ އެޕްރީލް މަހު މަރުވުމުންނެވެ. ޓަނާކާ މަރުވިއިރު އޭނާއަށް 119 އަހަރު ކަމަށް ގިނިސް ވޯލްޑް ރެކޯޑްސްގައި ބުނެފައި ވެއެވެ.

ދުނިޔޭގައި މިހާތަނަށް އުޅުނު އެންމެ ދުވަސްވީ މީހާ ކަމަށް ގިނިސް ވޯލްޑް ރެކޯޑްސްގައި ވަނީ ވެސް ފްރާންސް އަންހެނެކެވެ.

ފެބްރުއަރީ 21، 1875ގައި އުފަންވީ ޖީން ލުއިސް ކަލްމެންޓް އެވެ. އޭނާ މަރުވިއިރު އުމުރަކީ 122 އަހަރާއި 164 ދުވަހެވެ.