ލައިފްސްޓައިލް

ސީރަތު: ކީރިތި ޤުރްއާން ލިޔެ ނިންމާލީ އެންމެ 23 ދުވަހުން

އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ޕުލްވާމާ ޑިސްޓްރިކްޓްގައި ދިރިއުޅޭ އަންހެން ކުއްޖަކު އެންމެ 23 ދުވަހުން ކީރިތި ޤުރުއާން އަތުން ލިޔެ ނިންމާއިފި ލައިފި އެވެ.

ސީރަތު ޖާން އަކީ ގްރޭޑް 8 ގައި ކިޔަވާ ދަރިވަރެކެވެ. ކީރިތި ޤުރުއާން އަތުން ލިޔެ ނިންމާލުމަށްފަހު ކަޝްމީރު ބުލެޓިން (ކޭބީ)އަށް ދިން އިންޓަވިއު އެއްގައި ސީރަތު ބުނި ގޮތުގައި ދީނީ މައުލޫމާތު އުނގެނުމަކީ ދިރިއުޅުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ޚާއްސަކޮށް އަންހެން ކުދިން ތައުލީމު ހޯދުމުން މުޅި އާއިލާއަށް އޭގެ އެދެވޭ ރަނގަޅު ނަތީޖާ ފެންނާނެ ކަމަށެވެ.

"އަންހެން ކުދިންނަށް ދީނީ ތައުލީމަށް ވަރަށް ރަނގަޅަށް ލިބިފައި ހުންނަން ޖެހޭ. ސަބަބަކީ އެކުދިން ކައިވެނިކޮށްގެން ދަރިން ހޯދައި އެ ދަރިން ތަރުބިއްޔަތުކޮށް ބޮޑުކުރުމުގެ ޒިންމާއާ ހަވާލުވާން ޖެހޭތީ. މުޅި ޖެނެރޭޝަން ރަނގަޅަށް ގެންގުޅެ ބޮޑުކުރުމުގެ ޒިންމާ އޮންނާނީ އެމީހުންނަށް ކަމަށްވާތީ،" ސީރަތު ބުންޏެވެ.

ސީރަތުގެ ޓީޗަރު ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ސީރަތަކީ ވަރަށް ވިސްނުން ތޫނު، ހުނަރުވެރި ދަރިވަރެކެވެ. އަދި އޭނާ ވަރަށް ރީއްޗަށް އެހާމެ ފުރިހަމައަށް އެންމެ 23 ދުވަސް ތެރޭގައި ކީރިތި ޤުރުއާން ލިޔެ ނިންމާލީތީ ވަރަށް ފަޚުރުވެރިވާ ކަމަށެވެ.

"ކަޝްމީރުގެ ހުރިހާ ކުދިންނަށް އަހަރެން އިލްތިމާސް ކުރަނީ އެންމެ ކުޑަމިނުން ކީރިތި ޤުރުއާން ކިޔަވަން ދަސްކުރުމަށް. ޑޮކްޓަރުންނާއި ދަންނަ ބޭކަލުން ފަދައިން އަހަރެމެންގެ މުޖުތަމައަށް ސީރަތު ކަހަލަ ހުނަރުވެރިންގެ ބޭނުން ވަރަށް ބޮޑު،" ސީރަތުގެ ޓީޗަރު ބުނެފައި ވެއެވެ.