ސަލްމާން ރަސްގެފާނު

ސަލްމާން ރަސްގެފާން: އަހްލާގަށް އިސްކަންދެއްވެވި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަކީ ސައުދީ އަރަބިއާގެ މިހާރުގެ ރަސްކަމުގެ ހަތްވަނަ ރަސްގެފާނެވެ.

ސަލްމާން ރަސްކަމާއި ހަވާލުވެވަޑައިގަތީ ޖެނުއަރީ 23، 2015 ގައި އޭނާގެ ބޭބޭފުޅު ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް އަވަހާރަވުމާ ގުޅިގެންނެވެ.

ސައުދީ ރަސްގެފާނަކީ ރަސްގެފާނު އަބްދުލް އަޒީޒްގެ ހަތް ފިރިހެން ބޭފުޅުންތެރެއިން އެއް ބޭފުޅެކެވެ.

މި ހަތް ފިރިހެން ބޭފުޅުން މަޝްހޫރުވެވަޑައިގެންފައިވަނީ "ސުދައިރީ ސެވެން"ގެ ނަމުންނެވެ. އެއީ ރަސްގެފާނު އަބްދުލް އަޒީޒް އެއް ރާނީއަކަށް އެންމެ ގިނަ ދަރިކަލުންނާއި ދަރިކަނބަލުން ލިބިވަޑައިގެންނެވި ރާނީގެ ދަރިކަލުންނާއި ދަރިކަނބަލުންނެވެ.

އެމަނިކުފާނަކީ ކުރީގެ ރަސްގެފާނު އަބްދުލް އަޒީޒް އަލް ސައުދްގެ 45 ފިރިހެން ބޭފުޅުންތެރެއިން 25 ވަނަ ބޭފުޅާ އެވެ. ރަސްގެފާނު ސައުދުގެ އާއިލާގައި އެންމެ ބާރުގަދައީ ސުދައިރީ ސެވަންގެ ހަތް ދަރިކަލުންގެ މެދުގައެވެ.

އުމުރުފުޅުން 10 އަހަރުގައި ކީރިތި ޤުރުއާން އެކީއެކަށް ރަސްގެފާނު ސަލްމާން ވަނީ ހިތު ދަސްކުރައްވާފަ އެވެ.

ރަސްކަމުގެ ދަރުބާރުގައި ރަސްގެފާނު ސަލްމާން މަޝްހޫރުވެވަޑައިގެންފައިވަނީ ރަސްގެފާނާއި އެއްބަފާ ބޭފުޅުންގެ ސުލޫކު ހިފެހައްޓަވާ އާރުކާޓީގެ ގޮތުގަ އެވެ. އެގޮތުން ރަސްކަމުގެ ދަރުބާރުގެ ގަވައިދުތަކާއި ހިލާފްވާ ޝާހީ ބޭފުޅުން ލައްވާ ޖަލެއް ގެންގުޅުއްވާ ކަމަށް އަޑުފެތުރިފައިވެ އެވެ.

ރަސްގެފާނު ސަލްމާނުގެ ދައުރުގައި ވެރިރަށް ރިޔާޒްގެ މަޝްހޫރު ރިޒް ހޮޓެލްގައި ޝާހީ އާއިލާގެ އެތައް ބޭފުޅުން މަސްއޫލިއްޔަތުތަކުން ދުރުކުރައްވައި ދިގުމުއްދަތަކަށް ގައިދުކުރެއްވުމަކީ އާއިލީ ބޭފުޅުންގެ ސުލޫކު ހިފެހެއްޓުމަށް މަސައްކަތް ކުރެއްވިކަން އަންގައިދޭ ހެއްކެވެ.