ކާނާ

ހިކަނދިފަތް: ދޫކޮށްލާ ވަރުގެ ފަތެއް ނޫން

ހިކަނދިފަތަކީ ބޭސްވެރިކަމާއި ކެއްކުމުގައިވެސް ވަރަށް އާންމުކޮށް ބޭނުންކުރާ ފަތެކެވެ. ހިކަނދިފަތުގައި އަމިއްލަވަންތަ ރަހަ އެއްގެ އިތުރުން ޒާތެއްގެ މީރު ވަހެއް ވެސް އެކުލެވެ އެވެ.

ހިކަނދިފަތުގައި އެކަށީގެންވާ މިންވަރަކަށް ކާބޯހައިޑްރޭޓްސް އެކުލެވޭތީ ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ މިންވަރެއް އެއިން ލިބިދެ އެވެ. މީގެ އިތުރުން ޕްރޮޓީން، ފައިބާ، ކެލްސިއަމް، ފޮސްފޮރަސް، އަޔަން އަދި އެހެނިހެން މިނަރަލްސް އެކުލެވެ އެވެ. އަދި ހަމަ ވިޓަމިން އޭ، ބީ، ސީ އަދި އީ ހިމެނެ އެވެ.

އެންޓި އޮކްސިޑަންޓްސް ގިނަ ހިކަނދިފަތުން ލިއްބައިދޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމާއި، ހިތުގެ ބަލިތަކާއި، ހަކުރުބައްޔާއި، ބަނޑުހަމަނުޖެހުމާއި އަދި މޭބޮޑުކުރުން ފަދަ އުނދަގޫތަކުން ރައްކާތެރިކަން ލިއްބައިދެ އެވެ.

ހިކަނދިފަތަކީ ބޭސްވެރިކަމުގައި ތަދު ކެނޑުވުމަށް ކުރީ ޒަމާނުގައި ބޭނުން ކުރަމުން އައިސްފައިވާ ފަތެކެވެ. މީގެއިތުރުން ނާރުތަކުގެ ދުޅަހެޔޮކަން ގެނައުމާއި އަނގައިގެ ބެކްޓީރިއާ ނައްތާލުމާއި ލޭ އުފެއްދުމާއި ލޮލުގެ ފެނުމުގެ ބާރު ޖެއްސުމާއި ހަންގަނޑަށް ތާޒާކަން ލިއްބައި ދިނުމުގެ އިތުރުން ފާރު ހިއްކުމަށްވެސް އެހީތެރިވެދެ އެވެ.

އެހެންކަމުން ހިކަނދިފަތަކީ ކެއުމުގެ ތެރޭގައި ކޮންމެވެސް ސިފައަކަށް ބޭނުން ކުރަން ސިއްހީގޮތުން އެންމެ ރަނގަޅު ފަތެވެ. ނަމަވެސް އެއްވެސް ބާވަތަކީ މާގިނައިން އެ އެއްޗެއް ބޭނުންކުރުމުން އޭގެ އުނދަގޫ ފޯރަފާނެ ކަންކަމަށްވާތީ އެކަމަށް ސަމާލުކަން ދޭންވާނެ އެވެ.