ހައްޖުގެ އަޅުކަން

އިތުރު ހައްޖުވެރިއަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މައްކާގައި ހުއްޓާ އިއްޔެ ކުއްލި ގޮތަކަށް ނިޔާވީ ނ. ހޮޅުދޫ، އުދަރެސް، ގާސިމް އިބްރާހީމް އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އިތުރު ދެ ދިވެހިންވެސް ވަނީ ނިޔާވެފަ އެވެ.

އެ ގޮތުން ހައްޖު މަހުގެ އަށްވަނަ ދުވަހުގެ ރޭ މިނާ ޓެންޓުން ނިކުތް ފަހުން ގެއްލިގެން ހޯދަމުންދިޔަ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް ޢަލީ (72) ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދަ ކައިރިންނެވެ.

މުހައްމަދު ނަސީމް ފެނުނީ ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުންނެވެ.

ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވި ދެވަނަ މީހަކީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން (72އ) އެވެ.

އޭނާ ނިޔާވީ ޖޫން މަހުގެ 30 ވަނަ ދުވަހު މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.