މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

އަދީބްގެ އެމްޓީޑީގެ އިސްވެރިން ރައީސްއާ ބައްދަލުކުރައްވައިފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ އިސް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

އެމްޓީޑީީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ސޯލިހާ ބައްދަލުކޮށްލުމަށް ލިބުނު ފުރުސަތުގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހް ވާދަކުރެއްވި ނަމަވެސް ދެވަނަ ބުރުގައި އެމްޓީޑީ އިން އަމަލުކުރާނެ ގޮތަކާ މެދު އެ ޕާޓީން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.

އެމްޓީޑީ އިން ރަސްމީކޮށް ރައީސް ސޯލިހަށް ތާއީދުކޮށްފައި ނުވި ނަމަވެސް އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ސަރުކާރާއި ރައީސް ސޯލިހްގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެމްޓީޑީގެ ރައީސް އަހްމަދު އަދީބް މިވަގުތު ހުންނެވީ ސިއްހީ ފަރުވާ ހޯއްދެވުމަށް ސިންގަޕޫރު ގައެވެ.