ކުޅިވަރު

ބަދީއު ގައުމީ ރެކޯޑް އާކުރީ ކަނޑުގެ 64 މީޓަރު އަޑިން

ރާއްޖޭގައި ފްރީ ޑައިވް ކުރާ މީހުންގެ ތެރޭގައި ފާހަގަކޮށްލެވޭ އުމޭރު ބަދީއު ގައުމީ ރެކޯޑެއް ހަދައިފި އެވެ.

އޭނާ ގައުމީ ރެކޯޑް ހެދީ އެންޑްރިއާ ޒުކާރީ އައިޑާ ވޯލްޑް ކަޕް އޮކްޓޯބަރު އިވެންޓް ގައެވެ.

މި ރެކޯޑް ހެދުމަށް އުމޭރު ވަނީ މީގެކުރިން ދިވެއްސަކަށް ނުދެވޭހާ އަޑިއަށް ގޮސްފަ އެވެ.

އެގޮތުން އޮކްސިޖަން ސިލިންޑަރެއް ބޭނުން ނުކޮށް އޭނާ ވަނީ ކަނޑުގެ 64 މީޓަރު އަޑިއަށް ފީނާފަ އެވެ.

މިސްރުގެ ޝަރުމުއްޝައިހް ކަނޑުގައި ކުރިއަށް ދިޔަ އިވެންޓްގައި ބަދީއު މިއަހަރު އާކުރި ގައުމީ ރެކޯޑްގެ ކުރިން އޮތް ރެކޯޑްވެސް އޮތީ އޭނާގެ އަތުގައެވެ.