މިނިސްޓްރީ އޮފް އެޑިއުކޭޝަން

ނަރުދޫ ސުކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކޮށްފި

ނަރުދޫ ސުކޫލުގައި މިއަދުން ފެށިގެން އެއްދަންފަޅިއަށް ކިޔަވައިދޭން ފަށައިފި އެވެ.

ނަރުދޫ ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރީ މިސަރުކާރުން އެ ސްކޫލުގައި ހެދި ތިން ބުރީގެ އިމާރާތް ނިމި މިއަދު ކިޔަވައިދޭން ފެށުމާ ގުޅިގެންނެވެ.

ނަރުދޫ ސްކޫލުގައި ތިން ބުރީގެ އިމާރާތެއް އެޅީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ދައުލަތުގެ ބަޖެޓުން 9.2 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.

އަލަށް ހެދި އިމާރާތުގައި ހ ކްލާސްރޫމާއި، ސްޓާފްރޫމާއި، ކޮމްޕިއުޓާ ލެބުގެ އިތުރުން ހެލްތު ރޫމެއް ވަނީ ގާއިމުކޮށްފަ އެވެ.

ނަރުދޫ ސުކޫލަކީ ގުރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭ 147 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާ ސުކޫލެކެވެ.