ދުނިޔެ

ޣައްޒާއަށް އަރައިގަތީ އެމެރިކާގެ ރުހުން އޮވެގެން: ނަތަންޔާހޫ

ޣައްޒާއަށް އެއްގަމު މަގުން އަރައިގަތީ އެމެރިކާގެ ފުރިހަމަ ތާއީދާ އެކު ކަމަށް ޒަޔަނިސްޓު ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވީ ޣައްޒާގައި އެއްގަމު އޮޕަރޭޝަނެއް -- ހިތުހުރި ގޮތަކަށް، ހިންގުމާ މެދު އެމެރިކާގެ ވެރިންގެ މެދުގައި ހިލާފެއް ނެތް ކަމަށެވެ.

ޣައްޒާ ސުންނާފަތިކޮށްގެން ނަމަވެސް ހަމާސް އަތުލަން ޖެހޭނެ ކަމަށް އެމެރިކާގެ ވެރިން އޭނާގެ އަރިހުގައި ވިދާޅުވި ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އެކަމަށްޓަކައި އެމެރިކާގެ ރައީސް ޖޯ ބައިޑަނަށާއި ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއަށް އަދި ޑިފެންސް ސެކްރެޓަރީ ލޮައިޑް އޮސްޓިންއަށް ނަތަންޔާހޫ ފަށްފަށުން ޝުކުރު އަދާކުރެއްވި އެވެ.

އެމެރިކާގެ ތާއީދު ހޯދަން ޖެހިވަޑައިގަތީ ނަތަންޔާހޫ ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ޕްރެޝަރު ކުޑަކުރުމަށެވެ.

ޔަހޫދީންނަށް ގައުމުތަކުން ނަފުރަތުކުރުން އިތުރުވެދާނެތީ އެމެރިކާގެ ވެރިންގެ އަރިހުގައި އެވާހަކަ ދެންނެވި ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒަޔަނިސްޓުންނަށް ދުނިޔޭގެ ހަމަލާތައް އަމާޒުކުރުން މައިތިރިކުރާނެ ކަމަށް އެމެރިކާގެ ވެރިން އޮތީ ވައުދުވެފަ އެވެ.

ހަނގުރާމައަށް ފަހު ޣައްޒާގައި ވެރިކަން ކުރާނެ ބަޔަކާ މެދު އެމެރިކާއާއި ޒަޔަނިސްޓް ވެރިންނާ މެދު އޮތީ ޚިލާފު އުފެދިފަ އެވެ.

ނަތަންޔާހޫ ވިދާޅުވީ ހަނގުރާމައަށްފަހު ޣައްޒާގައި ހަމާސްއަށް އަދި ފަތަހަ ޖަމާއަތަށް -- މަޙްމޫދު އައްބާސްއަށްވެސް ވެރިކަން ނުކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޖޯ ބައިޑަން އެދިވަޑައިގަންނަނީ ހަމާސްގައި މަހްމޫދު އައްބާސްގެ ފުރިހަމަ ކޮންޓޯލު އޮތުމެވެ. ނަމަވެސް މަޝްވަރާތައް ނިމޭއިރު -- މަސްލަހަތު ފުރޮޅިގެން ދާނީ އާންމުކޮށް ހާލަތު ބަދަލުވާ ގޮތަށެވެ. އެއީ ޒަޔަނިސްޓު ޔަހޫދީން ރުހޭ ގޮތެވެ.

ނަތަންޔާހޫގެ ވިސްނުމަކީ ޣައްޒާގައި ވަނުން މަނާ ސަރަހައްދެއް -- ބަފާ ޒޯނެއް ގާއިމުކުރުމެވެ.

ވަނުން މަނާ ސަރަހައްދެއް ގާއިމުކޮށްފިނަމަ އެ ސަރަހައްދަކަށް ވަނުން ފަލަސްތީން މީހުންނަށްވެސް މަނާވާނެ އެވެ. މުޅި ސަރަހައްދު އޮންނާނީ ޒަޔަނިސްޓު ޔަހޫދީ އަސްކަރިއްޔާގެ ކޮންޓްރޯލުގަ އެވެ.

އޮކްޓޯބަރު ހަތެއްގައި ހަމާސްއިން ޔަހޫދީ އާބާދީތަކަށް ދިން ހަމަލާގައި، ޣައްޒާއިން 18،700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އަނެއްކޮޅުން ޒަޔަނިސްޓުން މިހާރު އެ ބުނަނީ ޣައްޒާއިން ބޮޑު ތަންގަނޑެއްގައި ޔަހޫދީ އަސްކަރީ މަރުކަޒުތައް ހަދާނެ ކަމަށެވެ.

ހަމާސްއިން ދިން ހަމަލާތަކުން ޣައްޒާގެ ރައްޔިތުންނަށް -- ފަަލަސްތީނަށް ލިބުނު މޮޅެއް ނެތެވެ.