ރައްޔިތުންގެ މަޖިލިސް

ތިން ގައުމަކަށް ސަފީރުން އައްޔަންކުރަން ހުށަހަޅައިފި

ދިވެހިރާއްޖެ އިން ތިން ގައުމަކަށް ކަނޑައަޅުއްވާ ސަފީރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

އެ މަގާމުތަކަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް މަޖިލީހުގައި މިއަދު ވަނީ އިއްވާ އެވެ.

އެ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށެވެ.

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މއ. ތުޅާގިރި މަސްއޫދު އިމާދު އައްޔަންކުރަން ފޮނުއްވެވިއިރު މެލޭޝިއާގެ ސަފީރު ކަމަށް މ. ރުށްފުށި ޑރ. މަރިޔަމް ޝަބީނާ އަހުމަދު އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ވަނީ ހުށަހަޅުއްވާފަ އެވެ.

ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާ ސަފީރު ކަމަށް މ. ގީލާވިލާ، ގީލާ އަލީ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ވަނީ ހުށަހަޅުއްވާފަ އެވެ.