މޯލްޑިވްސް ޕޮލިސް ސާވިސް

އޮޔާދަނިކޮށް 14 ޑައިވަރަކު ސަލާމަތްކޮށްފި

ކަނޑުމަތިން އޮޔާދަނިކޮށް 14 ޑައިވަރަކު ސަލާމަތްކޮށްފި އެވެ.

މި މީހުން ފެނުނީ ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ގދ. ގަން ކައިރިންނެވެ.

ފުލުހުން ބުނި ގޮތުގައި ފުރަތަމަ ފެނުނީ ދެ ޑައިވަރުންނެވެ. އެ މީހުންނާ ކައިރި ކުރުމުން އިތުރު ބަޔަކު އޮޔާ ދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އޮޔާދަނިކޮށް ފެނުނު ޑައިވަރުންގެ ތެރޭގައި ހިމެނެނީ ރަޝިއާގެ 10 ޑައިވަރަކާއި ދިވެހި ހަތަރު އިންސްޓްރަކްޓަރުންނެވެ.

މި އެންމެން މިހާރު ވަނީ ގދ. ގައްދޫ އަށް ގެންގޮސްފަ އެވެ. އަދި އެ މީހުން ދަތުރުކުރި ސަފާރީވެސް ހޯދައި މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.

އޮޔާދަނިިކޮށް ފެނުނު ޑައިވަރުންގެ އާންމު ހާލަތު ރަނގަޅު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.