އޮބިޗުއަރީ

ޝާހިދުގެ ބައްޕަ އަވަހާރަވެއްޖެ

ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕަ -- މޫސާ ޖަމީލް އަވަހާރަވެއްޖެ އެވެ.

މޫސާ ޖަމީލް މިއަދު އަވަހާރަވީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައްޕަ އަވަހާރަވީ މިއަދު ހެނދުނު ކަމަށެވެ. ކަށުނަމާދު އޮންނާނީ މިއަދު ހަވީރު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގައެވެ.

މޫސާ ޖަމީލް އަވަހާރަވިއިރު އަނބިކަނބަލުންނާއި ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.

މޫސާ ޖަމީލަކީ ކުރީގެ އުއްތަމަފަނޑިޔާރު އަދި މަޝްހޫރު އަދީބު ޝައިޚް މުހައްމަދު ޖަމީލް ދީދީ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.