މިފްކޯ

މިފްކޯގެ ސީއީއޯ ސަމާހުގެ ސަސްޕެންޝަން އުވާލައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކުރި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.

އޭނާ ސަސްޕެންޑްކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ސަސްޕެންޝަން އުވާލުމުން އޭނާ މިއަދު ވަނީ އޮފީހަށް ނުކުންނަވާފަ އެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި އިންޓަރިމް ކޮމިޓީ މިހާރު އުވާލާފައިވާ ކަމަށެވެ.

ޕީސީބީގެ އެންގުމާ އެއްގޮތަށް މިފްކޯގެ ބޯޑު މެދުވެރިކޮށް ކުންފުނީގެ ހިންގުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މިފްކޯއާ ގުޅޭ ގިނަ މައްސަލަތަކެއް ޕީސީބީން ދިޔައީ ބަލަމުންނެވެ. އެގޮތުން ކުންފުނީގެ މުދަލާއި ވަސީލަތް އަމިއްލަ ބޭނުމަށާއި ސިޔާސީ ބޭނުމަށް ބޭނުންކުރުން ހިމެނެ އެވެ.