ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށް

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 700،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 728،950 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 644،721 ފަތުރުވެރިންނަށްވުރެ 84،229 ފަތުރުވެރިން -- 13 ޕަސަންޓް އިތުރުވުމެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާ، އިނގިރޭސިވިލާތް އަދި ރަޝިއާއިން ކޮންމެ ގައުމަކުން 70،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 77،709 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 72،635 ފަތުރުވެރިން
  • ރަޝިއާ - 72،336 ފަތުރުވެރިން
  • އިޓަލީ - 66،170 ފަތުރުވެރިން
  • ޖަރުމަނު - 57،321 ފަތުރުވެރިން
  • އިންޑިއާ - 40،358 ފަތުރުވެރިން
  • ފްރާންސް - 27،894 ފަތުރުވެރިން
  • އެމެރިކާ - 25،589 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 18،548 ފަތުރުވެރިން
  • ޕޮލެންޑް - 15،316 ފަތުރުވެރިން

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 6،451 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި 176 ރިސޯޓާއި 844 ގެސްޓްހައުސް އާއި 147 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.