މޫސުން

މޫސުން ގޯސް، މުޅި ރާއްޖެއަށް އެލާޓް

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މުޅި ރާއްޖެއަށް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ.

މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުން އުތުރާއި މެދުރާއްޖެ ތެރޭގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ. އަދި ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ހަތަރު ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.