އެމްއެންޑީއެފް

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލުމުން ބިދޭސީއަކު ގެއްލިގެން ހޯދަނީ

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލުމާ ގުޅިގެން އެކަކު ގެއްލިފައިވާތީ އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިއިރު އެ އުޅަނދުގައި ފަސް މީހުން ތިބި ކަމަށެވެ. ގެއްލިގެން ހޯދަނީ ބިދޭސީއެކެވެ.

ގެއްލުނު މީހާގެ އިތުރުން ދެން އުޅަނދުގައި ތިބި ހަތަރު މީހުން ކަނޑުވެފައި ތިއްބާ ރޭ ފަތިހު އެ މީހުން ސަލާމަތް ކުރީ "ސީއެމްބިއުލޭންސް 21" އުޅަނދުންނެވެ.

ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އުޅަނދު "ހަކުރާ" މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މި ހާދިސާ ހިނގާ މީހުން ކަނޑުވި ވަކި ސަރަހައްދެއް އެމްއެންޑީއެފް އިން އަދި ނުބުނެ އެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރަކަށްވާތީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.