މޯލްޑިވްސް ޕޮލިސް ސާވިސް

އިތުރު ޓެލެގްރާމް ޗެނަލެއް ހުއްޓުވައިފި

ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ހިންގަމުންދިޔަ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުން ހުއްޓުވައިފި އެވެ.

ފުލުހުން މިއަދު ބުނީ "އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ހިންގަމުންދިޔަ ޗެނަލް ހުއްޓުވާފައިވާ ކަމަށެވެ.

މި ޗެނަލް ހިންގި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ ޓެލެގްރާމް ޗެނަލްއާ ގުޅޭ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ބޮޑެތި ކުށްތައް ހިންގުމަށް "ޖަޒީރާ" ގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކެއްވެސް ފުލުހުން މީގެ ކުރިން ވަނީ ހުއްޓުވާފަ އެވެ. އަދި އެ ޗެނަލްތައް ހިންގި މައްސަލައިގައި ފުލުހުން ވަނީ ބަޔަކުވެސް ހައްޔަރުކޮށްފަ އެވެ.