މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫގެ ފޭދޫ ސްޕާއެއްގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގެ ފޭދޫގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނަކުން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑްގެ ތިން އަންހެނުންނެވެ.

މި މީހުން ހައްޔަރުކުރި ވަކި ސަބަބެއް ފުލުހުން ނުބުނެ އެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މި މީހުން ހައްޔަރުކުރީ ފޭދޫ ސްޕާއެއްގެ ތެރޭގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކުށުގެ ވެށިންނެވެ.

އައްޑޫ ސިޓީގެ ހިތަދޫއާއި މަރަދޫގައި މިދިޔަ މާޗް މަހުގެ އަށްވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައިވެސް ހަށިވިއްކުމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ. މި މީހުންގެ ތެރޭގައިވެސް ދިވެހިންނާއި ބިދޭސީން ހިމެނެ އެވެ.