އިސްލާމިކް މިނިސްޓްރީ

އުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ފެބްރުއަރީ ނުވައެއް، 2022 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ ފަސް ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށެވެ.

އުމްރާ އަށް މީހުން ގެންދިއުމާ ގުޅޭ އުސޫލެއް ހަދާފައިވީ ނަމަވެސް އުމްރާ ގުރޫޕްތަކާ ގުޅޭ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

އުމްރާއަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ގްރޫޕްތަކުގެ ލިސްޓެއް އެ މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ.