މަސްތުވާތަކެތި

ޑްރަގު އޮޕަރޭޝަނެއްގައި 8 މީހަކު ހައްޔަރުކޮށްފި

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން އަށް މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިރޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިންނެވެ.

ފުލުހުންގެ ބެލުމުގައި ދަށުގައި ތިބީ އަންހެނަކާއި ހަތް ފިރިހެނުންނެވެ.

ހައްޔަރުކުރި މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެމީހުންގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަކަށްވެސް ފުލުހުން ނުބުނެ އެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" ފުލުހުން ބުނެފައިވެ އެެވެ.