ވ. ރަކީދޫގައި އިއްޔެ އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ދެ އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާ ކުރުމުގައި ތުހުމަތުގައި އޭނާގެ މަންމަ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ކޯޓުގައި އެދެފި އެވެ.
އިބްތިހާލަށް އަނިޔާކޮށް މަރާލިކަމުގެ ތުހުމަތުގައި އޭނާގެ މަންމަ އާފިޔާ އަހުމަދު ހައްޔަރު ކުރަން އަމުރަކަށް އެދުނުކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އިބްތިހާލަށް އަނިޔާކޮށް މަރާލާފައި އޮއްވާ ފެނިފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. އޭގެފަހުން އޭނާގެ މަންމަގެ ހާލު ދެރަވެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މީގެކުރިން ވެސް އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކުރާ އެރަށު ކައުންސިލުން ބުންޏެވެ. އަދި އެކަން ޖެންޑާ މިނިސްޓްރީއިން ވެސް ކުރިން ބެލި ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.