ފިނިޕޭޖް

މިއީ އެހެން ހުރިހައި ކޮންސްޕިރެސީތަކަށް ވުރެ ބޮޑު ވާހަކައެއް!

އީމާން ތައުފީގު ނުވަތަ އީމާން، އާންމުންގެ މެދުގައި އާންމު ނަމަކަށް ބަދަލުކޮށްލީ ވަން ނައިޓް ސްޓޭންޑްގެ މަޝްހޫރު ލަވަ "ދެތިކި ޕީ" އިންނެވެ. އެއަށް ފަހު ގެނުވި ހިނިތުންވުމަށް އަދިވެސް ފަނޑުކަމެއް ނާދެ އެވެ. ހަގީގަތަކީ މިއީ އެވެ. ނުވަތަ މިއީ "އީމާންގެ އެންމެ ބޮޑު ކޮންސްޕިރެސީ" ވެސްމެ އެވެ.

ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އީމާންސް ކޮންސްޕިރެސީގެ މި ލީޑް ވޯކަލިސްޓަކީ އާދަޔާހިލާފު ހުނަރުވެރިއެކެވެ. ލަވަކިޔުމުގެ އިތުރުން ވަކިން ހާއްސަކޮށް ލަވަހެދުމުގައި އެހެން ހުރިހައި އާޓިސްޓުންނަށް ވުރެ މައްޗަށް އަރައިގެންގޮސްފައިވާ ހުނަރުވެރިއެކެވެ. އެހެން ނަމަވެސް އެގޮތް ގަބޫލުކުރަން އީމާން ބޭނުމެއް ނުވެ އެވެ.

ތިރީގައި މިއޮތީ އަވަސް ވީކެންޑަށް އޭނާ ދިން އިންޓަވިއުއެވެ.

އެންމެ ފުރަތަމަ ހިނގާ މިހާރު ކުރާ މަސައްކަތްތަކުގެ ވާހަކައިން ފަށަމާ. މިހާރު ކޮން މަސައްކަތެއް ކުރަމުންތި ދަނީ، އާ ލަވައެއް ނުވަތަ އަލްބަމެއްގެ މަސައްކަތް އަނެއްކާ ކުރިއަށް އެބަދޭތަ؟

"އެންމެފަހުގެ އަޕްޑޭޓަކީ ކުރިއަށް އޮތީ އެންމެ އަވަހަށް ނިކުންނަނީ ބިޓްކެޓީ ނަމަކަށްކިޔާ ލަވައެއްގެ ވީޑިއޯ، އޮފިޝަލް ވީޑިއޯ ލަވަ، އެއީ އޭތި އަހަރެމެން ވީޑިއޯ ކުރީ ނޭޕާލްގަ، ނޭޕާލްގެ ވީޑިއޯ ކުރޫއަކާއެކު، އިންފިއުސް ޕިކްޗާސް ކިޔާ ބަޔަކާއެކު، އޭގަ ބޮޑަށް ދައްކުވައިދޭނީ އެ ދަތުރު މަތި މުޅިއަކުން އެހެނެއް ނޫން ޕާފޯމެންސްއާއެކު، އާލީ ނައިޓީންސްއަށް ދާ ކަހަލަ ސްޓައިލެއްގެ، އެކަމަކު އަށާރަ އަހަރު މަތީގެ މީހުންނަށް،

ދެން މި އަހަރުގެ އެންމެ ބޮޑު މުހިންމު އަޕްޑޭޓަކަށް ވާނީ ދެވަނަ އަލްބަމް ކޮންސްޕިރަސީގެ، ދެން އެއީ އިނގިރޭސި އަލްބަމެއް، އެހެންވީމާ ލަވަތަކުގެ ވަރަށް ބޮޑު ބައި ނިމިފައި، ދެން އޮތީ ރިކޯޑިން"

އަވަސް ވީކެންޑަކީ ކޮންމެ އާޓިސްޓެއް ވެސް ވަރަށް ތަފާތުކޮށް ގެނެސްދިނުމަށް މަސައްކަތްކުރާ އެއްޗެއް، އެކަމަކު އީމާން ބޭނުންވީ އީމާންގެ ގޮތުގައި ފެންނަން، ބޮޑެތި ބަދަލުތަކެއް ނޫނީ އެހެން ސްޓައިލަކަށް ދާން އީމާން ބޭނުމެއް ނުވި، އެއީ ކީއްވެބާ؟ އަމިއްލަ ގޮތުގައި ހުންނަން އީމާން މިހާ ބޮޑަށް ބޭނުންވާ ސަބަބަކީ ކޮބާ؟

"މާބޮޑެތި ބަދަލުތަކެއް މީހާއަށް ގެންނަން މީހެއް ނޫން މިއީ، ފެށުނީންސުރެ ތަފާތު އެއްޗެހި ލައިގެން ޝޯތަކަށް އަރާ ޕާފޯމްކުރާ މީހެއްގެ ގޮތުގައި ތަންކޮޅެއް ބޮޑަށް މީހުންނަށް ފާހަގަވެފައި އިންނަނީ، އެކަހަލަ ގޮތަކަށް މީތި އަންނަނީ، ދެން ބޭނުންނުވަނީ އާ ގޮތްގޮތަށް މުޅި މީހާ ސްޓައިލް ބަދަލުވެ، ދެން މިސާލަކަށް ޒަމާނީ ފެންޝަންތަކަށް އަންނަ ކޮންމެ އާ ފެޝަނަކަށް ފިޓްވާ މީހެއް ނޫނޭ، ހުންނަ ބޭނުންވަނީ ކުރީގެ ސްޓައިލަށް، އުފައްދާ ލަވަތަކަކީ ހަމަ އެއިޓީސް ރޮކް ޖޯންރާއަށް މިދަނީ، ކޮންސްޕިރަސީގެ ކުރިއަށް ނިކުންނަން އޮތް އަލްބަމަކީ ވެސް ހަމަ އެ ފީލަށް ދާނެ އެއްޗެހި"

ދެން ހިނގާ އެންމެ ކުރިއަށް ޖެހިލަން ދޯ، އީމާން ލަވަ ކިޔުމުގެ ދާއިރާއަށް ވަން ދުވަސްވަރަށް، ކިހިނެއް ކިހިނެއް ކޮން ދުވަސްވަރެއްގައި އީމާންއަށް މިޔުޒިކްގެ ދާއިރާއަށް ވަދެވުނީ؟

"މިޔުޒިކް ފަށައިގަނެވުނީ ހަމަ އާއިލާގެ ތެރެއިން، ތިއްތިބެ މިޔުޒިޝަނަކަށްވީމަ އިންސްޕަޔާވެގެން ދެން ގޭގަ ވަރަށް ލަވަ ޖަހާނެ، ވަަރަށް މިޔުޒިކީ ގެއެއް، ލަވައިގެ ތެރޭގައި އުޅެ ބޮޑުވީ، ގިޓާ ކުޅެ ލަވަ ކިޔަން ފެށުނީ 1998، 1999 ހިސާބުގަ، ރަސްމީކޮށް މި ދާއިރާއަށް ވަދެވުނީ 2010 ގަ، ރަސްމީކޮށް ޕަބްލިކަށް ނިކުމެވުނީ ވަން ނައިޓް ސްޓޭންޑް އެ ބޭންޑުން، އެއީ މަލްޓި ޖޮންރާ ބޭންޑެއް، އޭގެން ބަދަލުވީ ޓޫ ތްރީ އިޔާސް ތެރޭގައި އީމާން ކޮންސްޕިރަސީއަށް ބަދަލުވިއިރު މިއިނީ ވަރަށް ރޮކް ޖޮންރާއެއްގެ ބޭންޑަކަށް ބަދަލުވެފައި."

އާޓިސްޓެއްގެ ގޮތުގައި މިއަދު އާދެވިފައި ހުރި ހިސާބަށް އާދެވުނު ގޮތާއި ލިބިފައިވާ ކާމިޔާބީތައް ކިޔައިދީބަލަ؟ އަދި އީމާން އެންމެ ބޮޑަށް އިސްކަމެއް ދެނީ ކޮން ކަމަކަށް މި ދާއިރާގަ؟

"އެންމެ ފުރަތަމަ ކަމަކަށް ގަބޫލުކުރާ ގޮތުގައި އާޓިސްޓަކަށް ވާނީ، ނުވަތަ އާޓިސްޓަކީ ކްރިއޭޓްކުރާ މީހާ، އުފައްދާ މީހާއަށް އާޓިސްޓޭ މިކިޔަނީ، އެހެންވީމަ އެންމެ ފުރަތަމަ ފެށުންއިރު ވެސް ބިންގާ އެޅީ އަމިއްލަ ރާގު އުފައްދާ މީހެއްގެ ގޮތަށް، މިއަދާ ހަމައަށް ވެސް މިހުރީ އެގޮތުގައި، އިސްކަން ދެނީ އަމިއްލަ ރާގަށް، އުފެއްދޭތޯ ބަލަނީ އަމިއްލަ ރާގު، އަމިއްލަ ރާގާއެކު މީހުންގެ ތެރެއަށް ނިކުމެ މަޝްހޫރުވެ މީހުންނަށް އެނގުނީ ވެސް، ތަފާތު އާޓިސްޓެއްގެ ގޮތުގައި ތަފާތު ލަވަތަކެއްގެ ގޮތުގައި ބޭނުންކުރާ ބަހުރުވަޔާއި ރާގުތައް ވެސް ތަފާތުވާނެ، ދާން ބޭނުންވާ ހިސާބު އަދިވެސް އޮތީ، އަދި ވެސް ވޯކް ކުރަން އޮތް ބައި ބޮޑީ، އެކަމަކު މިއަދާ ހަމައަށް އައި ދެ އަލްބަމް އިނދެފައި ބޭރގެ ދެ ގައުމެއްގައި ޕާފޯމްކުރެވިފައި މިއޮތީ، ހިންހަމަ ޖެހޭ."

ވަރަށް ގިނަ މީހުން ބުނޭ ލަވަ ކިޔުމުގެ ދާއިރާއަކީ ރާއްޖޭގައި ކުރިއަށް ދާން އެހާ ފަސޭހަ ދާއިރާއެއް ނޫނޭ، ހާއްސަކޮށް ރޮކް މިޔުޒިކްގެ ދާއިރާ، އެއީ ކިހާވަރެއްގެ ހަގީގަތެއްބާ އަދި މި ދާއިރާގައި މިހައި ހިސާބަށް އަންނަން ކިހާވަރެއްގެ ސްޓްރަގްލްއެއް ކުރަން ޖެހުނުތަ އީމާން؟

"މި ދާއިރާއަކީ ވަރަށް ސްޓްރަގަލް ކުރަންޖެހޭ ދާއިރާއެއް، ވަކި ޖޮންރާއެއް ނޫން ވަކި ކުދިންނެއް ނޫން، ޕްރެކްޓިސް ރޫމްގެ ދަތިކަން ކަހަލަ ދަތިތައް ހުރީ ކުރިމަތީގަ، އެންމެނަކަށް އެފޯޑެއް ނުކުރެވޭ މިހާރު ހުންނަ ޕްރައިޒްތަކެއް ވެސް، އެންމެންނަށް އެފޯޑެއް ނުކުރެވޭ އަބަދު ޕްރެކްޓިސްކުރަން ވަންނަން ތަނެއް ހިފާކަށް ވެސް، އެހެންވީމަ ފެށުނީންސުރެ ވެސް މިކަހަލަ ގޮތަކަށް މިއައީ، ކުރިންނަމަ ބައެއް ރައްޓެހިންގެ ގޭގޭގައި ވެސް ޕްރެކްޓިސްކުރަމުން އައީ، ކުރިން ޕްރެކްޓިސްކުރިން ޖުގޫ ކިޔާ ރައްޓެއްސެއް ގޭގައި، އޭރު ތަންކޮޅެއް ފަސޭހަ، ދެން އެހާ ފަސޭހައެއް ނޫން މި ދާއިރާއަށް ނިކުންނާކަށް، މާބޮޑު ފުރުސަތުތަކެއް ހުރީއެއް ނޫން، މާސްމީޑިއާއަށް ބަލާނަމަ މިތާ އޮތީ ކޮޕީ ރާގު، ކޮޕީ ރާގަށް އެއްވެސް ވަރަކަށް ދާކަށް ބޭނުމެއް ނޫން، އަމިއްލަ ރާގެއް ވަރަށް ތަފާތު އެއްޗެއް އުފައްދައިގެން ކިރިޔާވެސް ނިކުމެވޭނީ، އެހާ ފަސޭހަ ރޫޓެއް ނޫން މިއީ އަމިއްލަ ރާގު އުފެއްދުމުގެ ދާއިރާއަކީ ރާއްޖޭގައި."

އީމާންއަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ރޮކްސްޓާ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫކުރޭ، އެންމެ މޮޅު ރޮކްސްޓާރަށް ނުވަތަ މި ޖޮންރާގެ އެންމެ މޮޅު ލަވަކިޔުންތެރިޔާއޭ މީހުން ބުނާތީ ކީކޭ ހިތަށް އަރަނީ؟ އަނެއްކާ އީމާން އެ ވާހަކަ ގަބޫލުކުރަންތަ؟

"އެހެން ކިޔާތަ؟ އެންމެ މޮޅު މީހާގެ ގޮތުގައި ގަބޫލެއް ނުކުރާނަން، ވަކި މީހަކަށް ޗެލެންޖްކުރާކަށް މިކަން މިކުރަނީ، އަބަދުވެސް ޗެލެންޖް ކުރަނީ އަމިއްލަ މީހާއަށް، ވަކި މީހަކަށްވުރެ މޮޅުވާން ނޫނީ އެންމެ މޮޅަށް ލަވަ ކިޔާ މީހާ ތޯ މިއީ ރާއްޖޭގައި އެގޮތަށް ވިޝަން ނުބައިންދަން، މުހިންމީ އަމިއްލަ ނަފުސަށް ކުރާ ޗެލެންޖް، އިއްޔެ ކީ ލަވަ މިއަދު ކިޔާއިރު އެއަށްވުރެ މޮޅަށޭ ކިޔާނީ، އެހެންވީމަ އެގޮތަށް ޗެލެންޖްކުރަނީ، ބައެއް މީހުންނަށް ހީވެދާނެ ރާއްޖެ ދެކުން އެންމެ ގޯސް ލަވަ ކިޔުންތެރިޔާއޭ ވެސް، އޭނަގެ އޮޕީނިއަން ހަމަ އެއީ، ބަލައިގަންނާނަން ހަމަ ތެންކިއުއޭ ބުނަނާނީ"

މިއުޒީޝަނަކަށް ވާން ނިންމިއިރު ކީއްވެގެންތަ ވަކިން ހާއްސަކޮށް ރޮކް ޖޮންރާ އަށް ހާއްސަވީ؟

"އަސްލު އައިޑޮލާމެދު އެއްޗެއް ބުނާކަށް ބޭނުމެއް ނުވޭ، އޭތި ފެށުނީންސުރެ މިހާތަނަށް ވަކި ހާއްސަ ކުއްޖަކަށް ސަޕޯޓެއް ނެތް، އަނެއްހެން ބުނާނަމަ އޭގައި ތެރޭގައި އެއްކޮށް ވޯކްކުރި ކުއްޖަކަށް އުޅޭނެ ފާލިހު ވެސް، ދެން ޓްވިޓާ ތެރޭގައި ސަކަރާތް ޖަހާފައި ހުންނާނެ، އެކަމަކު ޕަބްލިކް ވަކި ކުއްޖަކަށް ވޯޓު ދިނުމަށް ބުނެފައެއް ނުވާނެ އަދި އެއްވެސް ކުއްޖަކަށް ވޯޓު ދީފައެއް ވެސް ނުވާނެ، ބޭނުން ނުވަނީ ދެން ވަކި ކުއްޖަކު މޮޅުކޮށް ވަކި ކުއްޖަކު ދެރަކުރާކަށް، އަޅުގަނޑު ލަވަ ކިޔާ ދާއިރާއަށް ބަލާނަމަ އޭގެ ތެރެއިން ފެނުނު މުއައްޒިން، މުއައްޒިންގެ ވާހަކަ ތަންކޮޅެއް ކުރިން ވެސް އަޑުއެހިން ވަރަށް ރަނގަޅަށް ލަވަ ކިޔާ ކުއްޖެއްގެ ގޮތުގައި، ރޮކްސްޓާއެއްގެ ގޮތަށް އައިޑޮލްއިން މި ފެންނަނީ، ހިންހަމަ ޖެހުން އުފާވި އެ ޖޮންރާ ކޮންމެވެސް ވަރަކަށް ކުލަ ޖެހިލާތި އޭގައި، ދެން ކައިޓައިގެން ދިޔުމަކީ ކީއްވެގެން ކަމެއްް ނޭނގެ، މަގުބޫލުކަން ނެތީކަމެއް ކިޔުމުގައި މައްސަލައެއް އުޅެނީއެއް ކަމެއް ނޭނގެ، އެހެން ސީދާ ބުނާކަށް ނޭނގެ، ރިއަލިޓީ ޝޯއެއް އެއީ، ވާން އޮތް ގޮތެއް ވާނެ، އިޓް ޑިޕެންޑްސް."

ދެން ހިނގާ ރޮކް މިޔުޒިކަށް ރާއްޖޭގައި ދެވިފައި މިއޮތް މަގާމާ ގުޅޭ ގޮތުން ވާހަކަ ދައްކާލަން. ކޮބައިތަ އީމާންގެ ހިޔާލަކީ ރޮކް މިއުޒިކަށް ރާއްޖޭގައި ދެވިފައިވާ މަގާމާ މެދު؟

"އަޅުގަނޑު ދެކޭ ގޮތުގައި ރޮކް މިޔުޒިކް އިންނަނީ އަސްލު ވަރަށް މީޑިއާއިން ދުރުކޮށް، އެއް ޒަމާނެއްގައި ދިޔަ ވަރަށް ރަނގަޅު، އެއީ ރާޅުގަނޑު ޝޯ، ރޮކްސްޓޯމް ފަދަ ބައިވަރު ޝޯތަކެއް ބާއްވާ ވަރަށް ހެޕެނިން ދުވަސްތަކެއް ދިޔަ، އެ ފޭޑުވާން ފެށީ ކިހިނެއް ކަމެއް ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމެއް ނޭނގޭ، މިހާރު ވަރަށް ބޮޑަށް ގެއްލިފައި މިއޮތީ ރޮޮކް މިޔުޒިކް އަދި އަންމުދުން މީޑިއާގަ، ރޮކް މީޑިއާ ޕްރޮމޯޓްކުރާ ބައެެއް ނުފެނޭ މިހާރު، ގައިމުވެސް ފޭނުން މަދެއް ނޫން، އޭތި އަޑުއަހާ މީހުން އެބައުޅޭ، ކަމުނުދާ މީހުން ވެސް އެބަ އުޅޭ، އެންމެން ހިންހަމަ ޖެހޭ ގޮތަކަށް ހުރިހާ ކަމެއް ނުވާނެ، ފޭނުން އެބަތިބި ޝޯތައް ގިނަވެއްޖެނަމަ ފެންނަލެއް ގިނަވާނެ."

ކީއްވެ ކަމަށް ގަބޫލުކުރަނީ މިޔުޒިކް ކުޅޭ މީހުންނަކީ މި މިޖުތަމައުގައި ގޯސް ބައެއް ކަމަށް ދެކެނީ، މިޔުޒިކަށް ދޭން ޖެހޭ ރެސްޕެކް ނުދެވެނީ ނޫނީ ބޯދިގުކޮށްފަ ހުންނަ މީހުންނަކީ ގޯސް ބައެއް ކަމަށް ދެކެނީ ކީއްވެގެން ކަމަށް އީމާން ދެކެނީ؟

"ދެން ފެށުނީސުރެ ވަކި ރާއްޖެއެއް ނޫން ދުނިޔޭގައި ވެސް އޮންނަ އެއްޗެއް އެއީ މީހާ ހުންނަ ގޮތަކުން ޖަޖުކޮށްލުން، ރާއްޖޭގައި ތަންކޮޅެއް ބޮޑުވެފައި އޮންނަ ކަމެއް އެއީ މީހާ ހުންނަ ގޮތުން ޖަޖު ކުރުން، ދެން އޭގަ ރަނގަޅު ގޯސް ނުނިންމޭނެ ލައިފަ ހުންނަ އެއްޗަކުން، މިސާލަކަށް ޓައީއެއް އަޅާފައި ބޮޑު ކޯޓު ލާފަ ހުންނަ މީހާ ވެސް ނުބައި ކަމެއް ކޮށްފާނެ، އެހެންވީމަ ވަކި ބޯދިގުވެގެން މީހާ ނުބައިވެ ރަނގަޅު ވަނީއެއް ނޫން، މީހުންގެ ވިސްނުން އިންނަ ގޮތް އެއީ، މީހުންގެ ވިސްނުން ބަދަލުނުވަނީ، އެއީ ވަކި އަހަރެމެންނަށް ބަދަލުކުރެވޭނެ އެއްޗެއް ނޫން، ކިތަންމެ ރަނގަޅު މީހަކު ވެސް ލާފައި ހުންނަ އެއްޗަކަށް ބަލާފައި ގޯސްކޮށް ޖަޖުކޮށްފާނެ."

ދެން މިއޮތީ އައިޑޮލްއިން ފެނުނު މުއައްޒިންގެ ވާހަކަ، ގަބޫލުކުރަންތަ އެހާ ރަނގަޅަށް ލަވަ ކިޔަމުން އައި މުއައްޒިން ޝޯއިން އެހާ ފަސޭހައިން ކަޓައިގެން ދިޔައީ ރޮކް މިޔުޒިކަށް އޮތް މަގުބޫލުކަން ރާއްޖޭގައި ނެތީމަ ކަމަށް؟

"އަސްލު އައިޑޮލާމެދު އެއްޗެއް ބުނާކަށް ބޭނުމެއް ނުވޭ، އޭތި ފެށުނީންސުރެ މިހާތަނަށް ވަކި ހާއްސަ ކުއްޖަކަށް ސަޕޯޓެއް ނެތް، އަނެއްހެން ބުނާނަމަ އޭގައި ތެރޭގައި އެއްކޮށް ވޯކްކުރި ކުއްޖަކަށް އުޅޭނެ ފާލިހު ވެސް، ދެން ޓްވިޓާ ތެރޭގައި ސަކަރާތް ޖަހާފައި ހުންނާނެ، އެކަމަކު ޕަބްލިކް ވަކި ކުއްޖަކަށް ވޯޓު ދިނުމަށް ބުނެފައެއް ނުވާނެ އަދި އެއްވެސް ކުއްޖަކަށް ވޯޓު ދީފައެއް ވެސް ނުވާނެ، ބޭނުން ނުވަނީ ދެން ވަކި ކުއްޖަކު މޮޅުކޮށް ވަކި ކުއްޖަކު ދެރަކުރާކަށް، އަޅުގަނޑު ލަވަ ކިޔާ ދާއިރާއަށް ބަލާނަމަ އޭގެ ތެރެއިން ފެނުނު މުއައްޒިން، މުއައްޒިންގެ ވާހަކަ ތަންކޮޅެއް ކުރިން ވެސް އަޑުއެހިން ވަރަށް ރަނގަޅަށް ލަވަ ކިޔާ ކުއްޖެއްގެ ގޮތުގައި، ރޮކްސްޓާއެއްގެ ގޮތަށް އައިޑޮލްއިން މި ފެންނަނީ، ހިންހަމަ ޖެހުން އުފާވި އެ ޖޮންރާ ކޮންމެވެސް ވަރަކަށް ކުލަ ޖެހިލާތި އޭގައި، ދެން ކައިޓައިގެން ދިޔުމަކީ ކީއްވެގެން ކަމެއްް ނޭނގެ، މަގުބޫލުކަން ނެތީކަމެއް ކިޔުމުގައި މައްސަލައެއް އުޅެނީއެއް ކަމެއް ނޭނގެ، އެހެން ސީދާ ބުނާކަށް ނޭނގެ، ރިއަލިޓީ ޝޯއެއް އެއީ، ވާން އޮތް ގޮތެއް ވާނެ، އިޓް ޑިޕެންޑްސް."

މުއައްޒިން ފަދަ ކުދިންނަށް މިޔުޒިޝަނެއްގެ ގޮތުގައި ރާއްޖޭގައި ކުރިމަގެއް އެބަ އޮތްހޭ؟ ހާއްސަކޮށް ރޮކް ޖޮންރާއަށް ޝައުގުވެރިވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

"ރޮކް އާޓިސްޓަކަށް ނުވަތަ މެޑަލް ވިޔަސް މެއިން ސްޓްރީމް މީޑިއާގައި ނުދައްކާ މިޔުޒިކްތަކަށް ޝައުގުވެރިވާ ކުދިންނަށް ބުނެލަން އޮތީ ރާއްޖެއާ ދޭތެރޭ ނުވިސްނާށޭ، މިތާގަ މީޑިއާގައި މި އޮންނަނީ ކޮޕީ ރާގު، ވަރަށް ފާޅުގައި ބުނާނަން ކޮޕީ ރާގު އެ މިސާލަކަށް ހިންދީ ލަވައެއްގެ ރާގު ނަގައިގެން އެއަށް ދިވެހި ޅެމެއް ލިޔެގެން ކޮޕީ ކޮށްލީމަ އެއީ މާ މޮޅު ކަމެއް ނޫން، އުފެއްދުންތެރިކަމެއް ނޫން އެ ދެއްކެނީ، ބައެއްގެ މަސައްކަތް ވަގަށް ނެގެނީ އެ، ވަގުތީ ފޭމް ބޭނުންވާ ކުއްޖާއަށް އޮންނަ ޗޮއިސްއަކީ އެ، އެ ކުއްޖާ ދާންޖެހޭނީ ކޮޕީ ރާގަށް، ރޮކް ޖޮންރާއަށް ފޯކަސްކުރާ ކުއްޖަކު ނުދާނެ އެޔަކަށް، އޭނަ ބޭނުމެއް ނުވާނެ ކޮޕީ ރާގަށް ކިޔާކަށް، ހަގީގަތަކީ ރަނގަޅަށް މަސައްކަތް ކޮށްލައިފިއްޔާ ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކަށް އެރޭ ވަރަށް މަސައްކަތް ކުރެވޭނެ، ހިތްވަރު އެލުވައިނުލާ މަސައްކަތް ކޮށްފިއްޔާ ރާއްޖެ އެކަންޏެއް ނޫނޭ ފޯކަސްއަކަށް ވާންޖެހޭނީ ބައިނަލްއަގްވާމީ ސްޓޭޖްތަކަށް ވެސް އަރަން ފޯކަސް ކުރަން ވާނެ."

  • ފޮޓޯގްރެފީ: ބައްޓީ އެންޑް މަސްރާހް
  • ސްޓައިލިސްޓް: ނޯނި
  • ވޯޑްރޯބް: ޗެޕްސް ރިޒާވްޑް