ހޮލީވުޑް

ބެކްސްޓްރީޓް ބޯއީސްގެ ލަވަ ކިޔުންތެރިާ ނިކް ކާޓާއަށް ދަރިއެއް ލިބިއްޖެ

ބެކްސްްޓްރީޓް ބޯއީސްގެ ލަވަތަކަކީ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު އަޑުއަހާ ލަވަތަކެކެވެ. ހާއްސަކޮށް ފުރާވަރު އަދި ޒުވާން އުމުރުގެ އަންހެން ކުދިންގެ ހިތްތަކުގައި މި ލަވަތައް އަދި މި ބޭންޑުގެ ތަރިންނަށް ވަރަށް ފުނުން ޖާގަ ދީފައިވެ އެވެ. ހާއްސަކޮށް މި ބޭންޑުގެ ލަވަކިޔުންތެރިޔާ ނިކް ކާޓާ އަކީ ގިނަ ބައެއްގެ ފެވަރިޓެކެވެ.

ދެހާސް ސާދަ ވަނަ އަހަރު ލައުރެން ކިޓް އާއި ކައިވެނި ކުރި ނިކް އަށް މިމަހުގެ 19 ވަނަ ދުވަހު މިވަނީ ފިރިހެން ދަރިއެއް ލިބިފަ އެވެ. އޭނަ އަށް ދަރިއަކު ލިބުނުކަން އެންޓަޓެއިންމަންޓް ޓުނައިޓުން ވަނީ އިއުލާނުކޮށްފަ އެވެ. ލައުރެން ވިހާފައިވަނީ ގޭގަ އެވެ. ނިކް މިހާރު ވަނީ އެ ދަރިފުޅަށް އޮޑިން ރެއިން ކާޓާގެ ނަމުން ނަން ދީފަ އެވެ.

ނިކް ބެކްސްޓްރީޓް ބޯއީސް އާ ގުޅިފައިވަނީ 1993 ވަނަ އަހަރެވެ. ނިކްގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި ނައިންޓީން އިން ނައިންޓީ ނައިން އާއި، އައި ވިލް ވެއިޓް، އެވްރީ ބޮޑީ އަދި އިޒް އިޓް ސަޓަޑޭ ޔެޓް ހިމެނެ އެވެ.